ގދ ވާދޫ ވޯޓް ފޮށި ފަޅައިލައިފި
ގދ ވާދޫގައި ވޯޓުލާ މަރުކަޒުގައި ހުރި ވޯޓު ފޮށި ފަޅައިލައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ ގދ ވާދޫގައި ވޯޓުލާ މަރުކަޒަށް ދިޔަ މީހަކު ވޯޓު ފޮށި އެއްލައިލައި ވޯޓު ފޮށި ފަޅައިލައިފި ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެމައްސަލައިގައި އެކަން ކުރި މީހާ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
އެރަށު ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ އެރަށުގައި ވޯޓުލާން ދިޔަ މީހަކު އައިޑީ ކާޑު ނުގެންދާތީ، ކިއޫ ބަންދުކުރިއިރު އޭނާއަށް ވޯޓު ނުލެވުމުން އެ ވޯޓު ފޮށި ފަޅާލައިފައި ވާ ކަމަށެވެ.
އެ ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވީ އެޒުވާނާ "ވޯޓު ފޮށި ބިންމައްޗަށް ޖެހީ" ރުޅި އައިސްގެން ކަމަށެވެ. އަދި އިތުރު ހަމަނުޖެހުމެއް ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް