ބަނޑޮހުގައި ބާއްވާ އެންޓި-ކޮރަޕްޝަން ކޮންފަރެންސް ރައީސް ސޯލިހު ފައްޓަވާދެއްވައިފި
ބަނޑޮހުގައި ބާއްވާ އެންޓި-ކޮރަޕްޝަން ކޮންފަރެންސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާދެއްވައިފިއެވެ.
މި ކޮންފަރެންސްއަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފުޅާކުރުމަށް ބާއްވާ ކޮންފަރެންސްއެކެވެ.
ބަނޑޮހުގައި ކުރިއަށްދާ މި ކޮންފަރެންސްގެ މިއަހަރުގެ ތީމް އަކީ "އިންޓަގްރިޓީ އޮފް ސްޓޭޓް އޯންޑް އެންޓާޕްރައިސަސް" އެވެ.
މި ކޮންފަރެންސްގައި ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
އޭސީސީއިން ވަނީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކަންކަމަށް މިހާރަށް ވުރެ ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ބަލާނެކަމަށް ބުނެފައެވެ.
އެގޮތުންވެސް އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ ޚިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުމުގެ މަސައްކަތްކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް