ހެލޮވީން ފާހަގަކުރަމުންދަނިކޮށް ފިތި ބާރުވެ ގިނަ ބަޔަކު މަރުވެއްޖެ
ދެކުނު ކޮރެއާގައި ހޮލޯވީން ފާހަގަކުރަން ބޭއްވި ހަރަކާތުގައި ހަނި މަގެއްގެ ތެރޭގައި ފިތި ބާރުވެގެން 150އެއްހާ މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާއިރު 150 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ޒުވާނުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ދެކުނު ކޮރެއާގައި ހެލޮވީން ފާހަގަ ކުރަން އުޅުމުގެ ތެރޭގައި ގިނަ ބަޔަކަށް ހާޓް އެޓޭކް ޖެހުނު މިހާދިސާއާއި ގުޅިގެން އެގައުމުގެ ރައީސް ވަނީ ހާދިސާގައި އަނިޔާވި މީހުންނަށް ގާތުން ފަރުވާ ދިނުމަށް ގޮވާލައި، އެފަދަ ހަރަކާތް ހިނގާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގޮވާލާފައެވެ.
މިއީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އިޖުތިމާއީ ގައިދުރުކަން އެގައުމުން އުވާލުމާ އެކު ބޭއްވި ފުރަތަމަ ހެލޮވީން ހަފްލާގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް