ހުޅުދޫ ބަނދަރުގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފި
އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ސަރަހައްދުގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ފުރަތަމަ ހާދިސާ ހިނގީ ބަނދަރު ސަރަހައްދުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި ހުޅުމީދޫ ފަޔާ ސްޓޭޝަންއިން މިއަދު ހަވީރު 05:28 ހާއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށާއި އެ އަލިފާންގަނޑު މިރޭ 06:50 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.
އެއަށްފަހު އެ ރަށު ބަނދަރު ވަލުތެރޭގައި އަލިފާން ރޯވެގެން ހުޅުމީދޫ ފަޔާ ސްޓޭޝަންއިން މިރޭ 08:03 ހާއިރުން ފެށިގެން ހަރަކާތްތެރި ވެފައިވާ ކަމަށާ އެ އަލިފާންގަނޑު މިރޭ 9:30 ހާއިރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ބުނީ ފެން އަޅާ ތާރުތައް ފިނިކުރުމަށް ސިފައިން މިހާރުވެސް ސައިޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާ، އެ ހާދިސާތަކުގައި މީހަކަށް އަނިޔާ ނުވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް