އިންޑޮނީޝިޔާ ބިންހެލުން އައި ސަރަހައްދު
އިންޑޮނީޝިޔާ ބިންހެލުން އައި ސަރަހައްދު
ދުނިޔެ 30 Dec 2023 | 06:50

އިންޑޮނީޝިޔާގެ ސުމަޓުރާގެ ކަނޑުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިއާގެ ސުމަޓުރާ ކަނޑުގެ ސަރަހައްދަށް ރިކްޓާ މިންގަނޑުން 6.6 ގެ ބާރު މިނުގައި މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުމާއި ގުޅިގެން އަދި މިހާތަނަށް ސުނާމީއެއްގެ އިންޒާރެއް ނެތް ނަމަވެސް ، އަޅުގަނޑުމެންގެ އަވަށްޓެރި ސްރީލަންކާގެ އައްސޭރި ފަށުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޤައުމުގެ މޫސުމާއި ބެހޭ ޢިދާރާއިން މިހާރުވަނީ އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައެވެ.

މި ދުވަސްވަރަކީ ގިނައަދަދަކަށް މި ސަރަހައްދަށް ބިންހެލުންތައް އަންނަ ދުވަސްވަރަކަށް ވާއިރު ދާދި ފަހުންވެސް ވަނީ އިންޑިޔާ ސަރަހައްދަށް (ރާއްޖޭގެ ދެކުނު ސަރަހައްދަށް ) ފުލްފުލުގައި 4 ބިންހެލުމެއް އައިސްފައެވެ.  ނަމަވެސް މިއިން އެއްވެސް ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

މިއަދު ސުމަޓުރާ ސަރަހައްދަށް މިއައި ބިން ހެލުމާއި ގުޅޭގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ޢިދާރާއިން ބުނެފައި ވަނީ މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުމުގެ އަސަރެއް އަދި ސުނާމީއެއްގެ އަސަރެއްވެސް ކުރާނެކަމަށް ލަފާ ނުކުރެއްވޭ ކަމަށެވެ.

މިދުވަސް ވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ވަރަށް ގޯސް ދުވަސްވަރަކަށް ވުމާއިއެކު ކަނޑު އުޅަދު ދުއްވާ  ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޢިދާރާއިން އިލްތިމާސްކުރައްވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.