ހަ މީހުންނާއެކު ދަތުރުކުރި ޑައިވިން ދޯންޏެއް ނޮޅިވަރަންފަރު ފަރަށް އަރައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ހދ. ނޮޅިވަރަންފަރުގެ ހުޅަނގު ފަރާތު ފަރަށް ހަ މީހުން ގޮވައިގެން ދަތުރުކުރި "އުރަފާ" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް މިރޭ އަރައިފިއެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާ އެކު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ނޮދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވެއެވެ.
ދޯނީގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ސިފައިންގެ އިތުރުން ފުލުހުން ވެސް ބައިވެރިވެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ދޯނި ފަރަށް އެރި ސަބަބެއް އަދި ސާފުވެފައި ނުވާ އިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ވެސް ކަށަވަރު ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާ މި ދުވަސްވަރު ކަނޑުދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް