އިމާރާތަކުން ސިމެންތި ގޯންޏެއް ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ގޯންޏެއް ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހެނދުނު 10:45 ގަ މި ހާދިސާ ހިނގާފައިވަނީ ނަލަހިޔާ ކައިރީ ހަދަމުންދިޔަ އިމާރާތެއްގެ ކައިރީގައެވެ. މި ހާދިސާގެ ސީސީޓީވީ ފުޓޭޖް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
މިވީޑިއޯއިން ފެންނަގޮތުގައި އެ ސަރަހައްދުން ކުޑަ އަންހެންކުއްޖާ އަންހެނަކާއެކު އެ ސަރަހައްދުން ހިނގާފައި ދަނިކޮށް ސިމެންތި ގޯންޏެއް އެކުއްޖާ ބޯމައްޗައް ވެއްޓޭތަން ފެނެއެވެ. އެކުއްޖާއާއެކު ހުރި އަންހެންމީހާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ވީޑިއޯއިން ފެންނަގޮތުގައި އަންހެންކުއްޖާގެ ފައި އޮތީ ބިނދިފައި ކަހަލަ ގޮތަކަށެވެ.
މިހާތަނަށް އައިޖީއެމްއެޗްއިން ކުއްޖާގެ ހާލަތާމެދު އެއްވެސް އެއްޗެއް ބުނެވެންނެތްކަމަށް ވަނީ ހާމަކުރައްވާފައެވެ.
މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރާ ސަރަހައްދުތަކަކީ އެކަށީގެންވާ މިންވަރާ ގާތައްވެސް ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ މަސައްކަތް ކުރާ ތަންތަންކަމުގައި ފާހަގަކުރެވެއެވެ. އަދި މިފަދަ ގިނަ ހާދިސާތަކެއް މީގެކުރިންވެސް ވަނީ ހިނގާ ގިނަ ބަޔަކަށް އަނިޔާ ލިބިފައިކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް