ނަދީމު އަދީބާއި އެކު ހުންނެވި ފޮޓޯއެއް/ ފޮޓޯ: އިންޓަނެޓު
ނަދީމު އަދީބާއި އެކު ހުންނެވި ފޮޓޯއެއް/ ފޮޓޯ: އިންޓަނެޓު
ހަބަރު 31 Jan 2023 | 03:12

އަދީބުގެ ވަކީލުކަން ކުރިޔަސް މައްސަލައިން ތަނާޒުލްވާން ނުޖެހޭ: ގާޒީ ނަދީމް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ކުށް ޗާބިތުވެފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައި އޮތުމަކީ، އެ ޙިޔާނާތުގައި ހިމެނޭ މައްސަލައެއްކަމަށް ވާ ފުއްގިރި މައްސަލަ ބައްލަވާ ފަނޑިޔާރުކަމުން ނަތާޒުލްވާން ޖެހޭ ސަބަބެއް ނޫންކަމަށް މިހާރު އެ މައްސަލަ ބައްލަވާ އަލީ ނަދީމު ވިދާޅުވެއްޖެ އެވެ.

ނަދީމު އެ މައްސަލައާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ދިފާއުން ވަނީ ފަނޑިޔާރު ނަދީމު އެ މައްސަލައިން ނަތާޒުލްވުމަށް އެދިވަޑައިގެންފަ އެވެ.

ނަދީމްއަކީ މީގެ ކުރިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ އަހުމަދު އަދީބުގެ ލޯޔަރެއްގެ ގޮތުގައި ހުންނެވި ބޭފުޅަކަށްވާތީ އެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ ފަނޑިޔާރު ނަދީމް އެ މައްސަލައިން ތަނާޒުލްވުމަށް ހުށައަޅުއްވާފައެވެ.

އަދީބުގެ ވަކީލެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު އެމްއެމްޕީއާރުސިއާއި ގުޅުން ހުރި އެ މައްސަލައިގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވުމަކީ މަސްލަހަތު ފުށޫއަރާނެ ކަމެއްކަން ދިފާއީ ވަކީލުން ފާހަގަކުރެއްވި އެވެ.

ފުއްގިރި މައްސަލައިން ފަނޑިޔާރު ނަދީމް ނަތާޒުލްވުމަށް ދިފާއީ ވަކީލުން އެދިފައިވަނީ އެ މައްސަލައިގައި ހިމެނޭ އަހުމަދު ކުރިކް ރިޒާ މީގެ ކުރިން އައްޔަން ކުރެއްވި ގާނޫނީ ވަކީލަކީ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތެއްކަން ފާހަގަކޮށް ދައުލަތުން ކުރި އިއުތިރާޒާއި ގުޅޭގޮތުން އޭރު މައްސަލަ ބެއްލެވި އިސްގާޒީ ޝަކީލު ނިންމެވީ ގާނޫނީ ވަކީލު ޔާމީން މައްސަލައިގައި ތަނާޒުލްވާން ޖެހޭ ކަމަށެވެ.

އެހެންކަމަށް ވުމުން، ގާޒީ ނަދީމް ވެސް މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިއަދުގެ އަޑުއެހުމުގައި ނަދީމު ވިދާޅުވީ އަދީބަށް ގާނޫނީ ލަފާދެއްވި ނަމަވެސް ފުއްގިރި މައްސަލައިގެ ފަނޑިޔާރުކަން ކުރުމަކީ މަސްލަހަތު ފުށޫއަރާނެ ކަމެއްކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.

ނަދީމު ވިދާޅުވީ ފަނޑިޔާރުން ބައްލަވާ މައްސަލަތަކުން ތަނާޒުލްވާން ޖެހެނީ ދެ ސަބަބެއް މެދުވެރިވެގެންނެވެ. ފުރަތަމަ ކަމަކީ ދައުވާ ކުރެވޭ މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ދައުވާ ކުރުމާ ހަމައަށް ބައިވެރިވުމެއް އޮތުމެވެ. އަދި ދެވަނަ ކަމަކީ ދައުވާ ލިބޭ މީހެއްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުން ނުވަތަ ގާނޫނީ ހިދުމަތް ފޯރުކޮށްދީފައި ވުމެވެ.

އަދީބުގެ މައްސަލައެއްގައި އެފަދަ ކަމެއް ކުރައްވާފައި ނުވާނެކަމަށް ނަދީމު ވިދާޅުވިއެވެ. އަދީބަށް ގާނޫނީ ލަފާ ދެއްވީ މީގެ 7 އަހަރު ކުރިން ކަމަށާއި، އެއީ ބަންދު މައްސަލައެއްގައި ކަމަށާއި، އެއްވެސް ކުށަކާއި ގުޅިގެން އަދީބުގެ ގާނޫނީ މަސައްކަތެއް ކޮށްފައި ނުވާނެކަމަށް ނަދީމު ވަނީ ވިދާޅުވެފައެވެ.

އެއާއެކު ފަނޑިޔާރު ނިންމެވީ ފުއްގިރި މައްސަލައިން އޭނާ ތަނާޒުލް ވާން ޖެހޭފަދަ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ނަދީމު އިތުރަށް ވިދާޅުވީ މި މައްސަލަ އޭނާ ބެއްލެވުމަކުން އަދީބަށް ލިބޭނެ އެއްވެސް މަންފާއެއް ނެތްކަމަށެވެ. އަދި މައްސަލައިގައި ނިންމާނީ ދައުލަތުން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ މައްޗަށް ދައުވާ ސާބިތުވާކަން ނުވަތް ނުވާކަން ކަމަށާއި، މައްސަލަ ބައްލަވާނީ އިންސާފުވެރި ކަމާއެކުގައި ކަމަށް ނަދީމު ވަނީ ވިދާޅުވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.