މުދަލު ޒަކާތުގެ ނިޞާބު ބޮޑުކޮށްފި
މުދަލު ޒަކާތް ވާޖިބުތާ ނިޞާބު އިސްލާމިކް މިނިސްޓްރީން ބޮޑުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އާއްމުކުރި އިއުލާނެއްގައި ބުނީ، މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، އިއްޔެއިން ފެށިގެން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 7062.65 (ހަތް ހާސް ފަސްދޮޅަސް ދެ ރުފިޔާ ފަސް ލާރި) ކަމަށެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށް ވީ ހިނދު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ އެއް އަހަރު ވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި (2.5%) ނެރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރި ވެފައެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް