ކަނޑުހުޅުދޫން ގެއްލިގެން ހޯދަމުންދިޔަ މީހެއް ފަޅުތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެ
ގއ. ކަނޑުހުޅުދޫން ގެއްލިގެން ހޯދަމުންދިޔަ މީހެއް އެރަށު ފަޅުތެރޭގައި ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 24 އަހަރުގެ ފިރިހެނަކު ރޭ ފަތިހު 4:15 ހާއިރު ގެއިން ނިކުމެގެން ދިޔަގޮތަށް ޚަބަރެއް ނުވާކަމަށް 4:45 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމުގައެވެ.
އަދި އާއިލާ މީހުންނާއެކު ފުލުހުން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ސައިކަލާއެކު ރަށުގެ ފަޅުތެރޭ މޫދުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެމީހާ ނަގައިގެން ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުންނަށް ފުލުހުން ވިދާޅުވި އެވެ.
ފުލުހުން އަންނަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް