ހިޔާގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިއްޖެ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ އިން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.

އަދި ދިމާވެފައިވާ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން އާބަންކޯއިން ބުނީ ހިޔާ ސަރަހައްދުގެ ބެކްއަޕް ޖަނަރޭޓަރ މިވަގުތު ބޭނުން ކުރެވެމުންދާ ކަމަށާ، އެހެންކަމުން ކޮންމެ ޓަވަރަކުން އެއްލިފްޓު މަސައްކަތް ކުރާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް