ރައީސް ޔާމީން ގެ މަންމާފުޅު އަވަހާރަވެއްޖެ!
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މަންމާފުޅު، ފާތިމަތު ހަސަން އަވަހާރަވެއްޖެ އެވެ.
ޢުމުރުން 80 އަހަރުން މައްޗަށްގޮސްފައިވާ ފާތިމަތު ހަސަން އަވަހާރަވެފައިވަނީ އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
އަވަހާރަވީއިރު ދިރިއުޅުއްވަމުން ގެންދެވީ ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލް ޤައްޔޫމް އަރިހުގައި ސްރީލަންކާގައެވެ.
ފާތިމަތު ހަސަން އަވަހާރަވި އިރު ރައީސް ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. ފާތިމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫންގެ ދޮންމަންމާފުޅުވެސް މެއެވެ.
ފާތިމަތު ހަސަން އަކީ ނ.ވެލިދޫއަށް އުފަން ބޭފުޅެކެވެ.
ރައީސް ޔާމީން ގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން، އިދިކޮޅު މެންބަރުންނާއި، އެހެނިހެން ސިޔާސީ ފަރާތްތަކުން އަންނަނީ އާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް