އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ.. ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ.. ފޮޓޯ: އެމްޓީސީސީ
ހަބަރު 31 Oct 2026 | 07:12

އެމްޓީސީސީ ހިއްސާގެ ފައިދާ މާދަމައިން ފެށިގެން ދޫކުރަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ނިންމި ފައިދާ، މާދަމައިން ފެށިގެން ދޫކުރަމުންދާނޭކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވާފައިވަނީ، މިދިޔަ ބްރާސްފަތިދުވަހުގެ ރެއެވެ. މި ޖަލްސާ ބައްވާފައިވަނީ މޯލްޑިވްސް ސެކިއުރެޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކެޗަން، ފަހިވޯޓު މެދުވެރިކޮށެވެ. މި ޖަލްސާގައި 59 ހިއްސާދާރުން ބައިވެރިވިއިރު، ޕްރޮކްސީ މެދުވެރިކޮށް 14 ހިއްސާދާރުން ތަމްސީލްކުރިއެވެ. އެގޮތުން މި ޖަލްސާގައި މުޅިއެކު 69.75 އިންސައްތަ ހިއްސާދާރުން ބައިވެރިވިއެވެ. އެއީ 5،602،272 ހިއްސާއެވެ.

މި ޖަލްސާގައި އެމްޓީސީސީގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ.

އެމްޓީސީސީން ބުނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 24.1 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ހިއްސާގެ ފައިސާ ނޮވެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދޫކުރަމުންދާނޭކަމަށެވެ. ޙިއްޞާގެ ފައިދާ ނެގުމަށް އެމްޓީސީސީގެ ބޭންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން އެ ކުންފުނީގެ ވެބްސައިޓުގައިވާ ޙިއްޞާދާރުންގެ ޕޯޓަލްގައި އެކައުންޓު ނަންބަރު އަޕްޑޭޓްކުރުމަށް ނުވަތަ "ޙިއްޞާދާރުން ޚިދުމަތްތަކަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހެޅުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީއަކީ ދިވެހި ރައްޔިތުންނަށް އެންމެ ފުރަތަމަ ހިއްސާވިއްކަން ފެށި ކުންފުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި
31 Oct 2026 ހަބަރު

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި

ސްޓާފް އެވޯޑް ހަފްލާގައި 12 ކެޓަގަރީއަކުން 40 މުވައްޒަފަކަށް އެވޯޑް ދިނުމާއެކު ދިގު މުއްދަތުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ދީފައެވެ.

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް
31 Oct 2026 ހަބަރު

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް

އެމްއެންޔޫގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފެންވަރު ރަނގަޅު ތަޢުލީމާއި އަޚުލާޤީ ލީޑަރޝިޕާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅޫވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝެހެނާޡް ވިދާޅުވީ، ލިބިފައިވާ ތަޢުލީމަކީ ހަމައެކަނި ޒާތީ ފައިދާއަށް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް ކަމަށެވެ. އަދި އެއީ ފާޑުކިޔުންތެރި ވިސްނުމާއި ހުޅުވާލެވިފައިވާ ސިކުނޑިއެއްގެ ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު
31 Oct 2026 ހަބަރު

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު

ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާއެކު އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް އެދެވޭ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށެވެ.

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި
30 Oct 2026 ހަބަރު

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައެވެ.

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން
30 Oct 2026 ހަބަރު

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން

ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައް އެކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން ކަމުގައި ވިދާޅުވި އެވެ.

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި
30 Oct 2026 ހަބަރު

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި

މާލެއާ ވިލިމާލެ ބްރިޖުން ގުޅާލާފައިވާއިރު މިއަދު ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލެވުމަކީ މުހިންމު ކާމިޔާބެއް ކަމުގައި ވިދާޅުވި އެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އެލައިޑްގެ މޮޓޯ ތަކާފުލް؛ އުޅަނދާއި ފުރާނައަށް ރައްކާތެރިކަން
30 Oct 2026 ވިޔަފާރި

އެލައިޑްގެ މޮޓޯ ތަކާފުލް؛ އުޅަނދާއި ފުރާނައަށް ރައްކާތެރިކަން

މަގުމަތީގައި ދުއްވާ ކޮންމެ ވަގުތަކީ ވެސް ހީނުކުރާ ފަދަ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ވަގުތެކެވެ. ތިމާ ކިތަންމެ ސަމާލުވެ ރައްކާތެރިކަމާއެކު ދުއްވި ނަމަވެސް، އެހެން ފަރާތެއްގެ އިހުމާލުން ނުވަތަ ކުއްލި ހާލަތެއް މެދުވެރިވެގެން ވެސް އެކްސިޑެންޓެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ "އެލައިޑް ތަކާފުލް" މެދުވެރިކޮށް ފޯރުކޮށްދޭ "މޮޓޯ ތަކާފުލް" ޕްލޭންތަކަކީ، ޝަރީޢާގެ ހަމަތަކާ އެއްގޮތަށް ތިބާއާއި ތިބާގެ އުޅަނދަށް މަގުމަތީގައި ދިމާވެދާނެ ގެއްލުންތަކަށް މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭންތަކެކެވެ.