އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި
ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި އާންމުންނަށް ތަކުރާރުކޮށް ގޯނާކޮށް، ބިރުދައްކައި، ދުއްތުރާކުރަމުންދިޔަ މައްސަލައެއްގައި ހައްޔަރުކުރި އަޙްމަދު ފައިރިޝް ފަރުވާއަށް ހިންމަފުށީ ޑްރަގް ސެންޓަރަށް ގެންގޮސް ހއުްޓައި ފިލައިފިއެވެ.
މިކަން ފުލުހުންވެސް ވަނީ ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ ފަރުވާއަށް ހިންމަފުށި އެންޑީއޭގެ ސެންޓަރަށް ބަދަލުކޮށް އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފައިރިޝް ފިލާފައިވާކަމަށެވެ. ފައިރިޝް އެންމެފަހުން ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫ ހިސާބުގަނޑު މީހުންނަށް ބޮޑުވެ، އެ ސަރަހައްދުގައި ދިރިއުޅެމުްނދިޔަ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެކޮށް އެ މައްސަލަ ބޮޑުވުމުންނެވެ.
މި މައްސަލައާ ގުޅިގެން، ފިލައިގެން އުޅޭ ފައިރިޝް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
އޭނާގެ ފަރާތުން އާންމުނަށް ކުރިމަތިވާ ބައެއް އުނދަގޫތަކުގެ ތެރޭގައި:
މަގުން ހިނގާބިނގާވެ އުޅޭ މީހުންނާ ދިމާލަށް ހުތުރު ބަހުން ހަޅޭއްލެވުން.
މަގުމައްޗަށް ސައިކަލު ނެރުމާއި، ބަންދު ބޯޑުތައް ދަމާފައި މަގު ބަންދުކޮށް ޓްރެފިކަށް ހުރަސްއެޅުން.
މީހުން ދިރިއުޅޭ ގެތަކަށް ކުނި އުކުން
އޭނާ ދިރިއުޅޭ އިމާރާތުގެ ބެލްކަނީން މަގުމަތީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެން އުކުން
މި މައްސަލަތައް ވީޑިއޯ ހެއްކާއެކު މީގެކުރިން ތަކުރާރުކޮށް މުއައްސަސާތަކަށް ހުށަހެޅި ނަމަވެސް، ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ހއ.ހޯރަފުއްޓަށް ނިސްބަތްވާ ފައިރިޝްގެ މައްސަލައަށް އެދެވޭފަދަ ހައްލެއް ލިބިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް