ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު 30 Dec 2023 | 23:30

ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެ، ސިޓީ އިން އަހަރު ނިންމާލީ ލީގު ތާވަލުގެ ތިންވަނައިގައި

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން އަހަރު ނިންމާލީ ލީގު ތާވަލުގެ ތިންވަނައިގައެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓުކުރި، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެނިޝް މިޑްފީލްޑަރު ރޮޑްރީ އެވެ.

މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. އަދި މިއީ އެޓީމުގެ މިޑްފިލްޑަރު ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ސިޓީ އިން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ޝެފީލްޑް ޔުނައިޓެޑް އިން ލީގުގައި ކުޅުނު 20 މެޗުން ލިބުނު 9 ޕޮއިންޓާއެކު މިވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ ފުލުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.