ގއ ނިލަންދޫ ފަރަށް އަރައި ބޯޓެއް ފަޅައިގެން ހިނގައްޖެ!
ގއ ނިލަންދޫ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ބޯޓެއް ފަޅައިގެން ހިނގައްޖެއެވެ.
ފުލުހުން ބުނީ، "ސައުތު ލައިން" ނަމަކަށް ކިޔާ ބޯޓު، ފަރަށް އަރައި، ފަޅައިގެން ދިޔުމުގެ ސަބަބުން ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިރޭ 20:15 ކަންހާއިރު އެވެ.
އަދި މި މައުލޫމާތު ލިބުމާއި ގުޅިގެން ގއ ވިލިނގިލީ ޕޮލިސް ލޯންޗު ޕަމްޕެއް ހިފައިގެން، އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
މިއާއެކު ފުލުހުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.
އަދި އެ ބޯޓުގެ ފަޅައިގެން ގޮސްފައިވާ ތަންތަނުގައި ފިލާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް