ޕީއެންސީގެ ތަރުޖަމާނަށް ފިރުޒުލް ހަމަޖައްސައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޕީއެންސީގެ ތަރުޖަމާނަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސައިފި އެވެ.
އެ ޕާޓީން މިރޭ ވަނީ އެކަން އިއުލާނުކޮށްފަ އެވެ. ޕީއެންސީން ބުނީ 75,000 ވުރެ ގިނަ މެންބަރުން ހިމެނޭ އެ ޕާޓީގެ ތަރުޖަމާނަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސާފައިވާ ކަމަށެވެ. ފިރުޒުލްއަށް އެ ޕާޓީން ވަނީ މަރުހަބާ ކިޔާފަ އެވެ.
ފިރުޒުލް ހުންނެވީ ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ތަރުޖަމާނަށް ފިރުޒުލް, ހަމަޖައްސާފައިވާއިރު ސަރުކާރަށް މުހިންމު ބައެއް ބަދަލުތައް ވެސް ރައީސް ވަނީ ގެންނަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް