ކުއްޖަކު ފޯނާ ކުޅެނީ
ކުއްޖަކު ފޯނާ ކުޅެނީ
ދުނިޔެ 04 Sep 2026 | 09:34

އަހަރަކު 20 މިލިއަން ކުޑަކުދިން އޮންލައިން މަންސަތަކުގައި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ: ޔުނިސެފް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދުނިޔޭގެ 21 ޤައުމެއްގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ކުޑަކުދިން އޮންލައިން މަންސަތަކުގައި ޖިންސީ އަނިޔާ ނުވަތަ ޖިންސީ އެކްސްޕްލޮއިޓޭޝަނާ ކުރިމަތިލާން ޖެހޭ ކަމަށް އެކުވެރި ދައުލަތްތަކުގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ (ޔުނިސެފް) އިން ނެރުނު ދިރާސާއެއްގައި ހާމަކޮށްފިއެވެ.

ޔުނިސެފްގެ މި ރިޕޯޓުގައިވާ ގޮތުން އެފްރިކާ، އޭޝިއާ، ލެޓިން އެމެރިކާ، ކެރީބިއަން އަދި އިރުމަތީ ޔޫރަޕުގެ ޤައުމުތަކުގައި ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ޖިންސީ އަނިޔާ ކުރެވިފައިވެއެވެ.

މި ދިރާސާ ކުރެވުނު މުއްދަތުތަކުގައި 15 މިލިއަނަށް ވުރެ ގިނަ ކުދިންނަށް ޖިންސީ ކޮންޓެންޓް ފެނިފައިވާއިރު، ނުވަ މިލިއަން ކުދިންގެ ކިބައިން ޖިންސީ ވާހަކަ ދެއްކުމަށް ނުވަތަ ޖިންސީ ތަސްވީރު ހިއްސާކުރުމަށް އެދިފައިވެއެވެ. އަދި ހަތަރު މިލިއަން ކުދިންގެ ޖިންސީ ތަސްވީރުތައް އެ ކުދިންގެ ރުހުމާ ނުލައި ފަތުރާފައިވާ ކަމަށް ވެސް ރިޕޯޓުގައި އަންދާޒާ ކޮށްފައިވެއެވެ.

މި ދިރާސާ ބިނާކޮށްފައި ވަނީ 2020 އާއި 2025 އާ ދެމެދު އެތިއޯޕިއާ، ކެންޔާ، މޮޒެމްބީކް، ނެމީބިއާ، ޓެންޒޭނިއާ، ޔޫގެންޑާ، ކެމްބޯޑިއާ، އިންޑޮނީޝިއާ، މެލޭޝިއާ، ފިލިޕީންސް، ތައިލެންޑް، ވިއެޓްނާމް، ބްރެޒިލް، ކޮލަމްބިއާ، ޑޮމިނިކަން ރިޕަބްލިކް، މެކްސިކޯ، އާމީނިއާ، މޮންޓެނީގްރޯ، ނޯތް މެސެޑޯނިއާ، ސާބިއާ އަދި ޕާކިސްތާނުން ގާތްގަނޑަކަށް 21،000 ކުދިން ހިމަނައިގެން ނެގި ޤައުމީ ފެންވަރުގެ ސާވޭ ޑޭޓާއަށެވެ. މީގެ އިތުރުން މިފަދަ އަނިޔާތައް ތަޖުރިބާ ކޮށްފައިވާ 100 ޒުވާނެއްގެ އިންޓަވިއުތައް ވެސް މި ދިރާސާއަށް ނަގާފައިވެއެވެ.

ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި މިފަދަ މައްސަލަތަކުގެ 60 އިންސައްތައަށް ވުރެ ގިނަ ހާދިސާ ހިނގާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.

މީގެ ތެރެއިން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޭސްބުކް (%50) އެވެ. ދެން ހިމެނެނީ ވަޓްސްއެޕް (%29)، އިންސްޓަގްރާމް (%24)، ސްނެޕްޗެޓް (%13) އަދި ޓިކްޓޮކް (%12) އެވެ. ނަމަވެސް، ޖުމުލަ އަނިޔާގެ ހާދިސާތަކުގެ އެއް އިންސައްތައަށް ވުރެ މަދުން ނޫނީ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ. އަދި ކޮންމެ ދިހަ ހާދިސާއަކުން ހަތަރު ހާދިސާއަކީ އެއްވެސް ފަރާތަކާ ހިއްސާ ނުކޮށް ސިއްރު ކޮށްފައިވާ ކަންކަން ކަމަށް ރިޕޯޓުން ދައްކައެވެ. ކުދިން މި މައްސަލަތައް ރިޕޯޓް ނުކޮށް ހިމޭނުން ތިބެނީ ރިޕޯޓް ކުރާނެ ތަނެއް ނޭނގޭތީ އާއި ރިޕޯޓް ކުރުމުން ދިމާވެދާނެ ނަތީޖާއަކަށް ބިރު ގަންނާތީ ކަމަށް ޔުނިސެފުން ބުނެއެވެ.

ޔުނިސެފުގެ އެގްޒެކެޓިވް ޑައިރެކްޓަރު ކެތެރީން ރަސެލް ވިދާޅުވީ، ދިރާސާއިން ފެންނަނީ ވަރަށް ހިތްދަތި ޙަޤީޤަތެއް ކަމަށާއި ކުދިން ކިޔަވައި، ކުޅެ އަދި ރައްޓެހިންނާ ގުޅޭ ޑިޖިޓަލް ވެށީގައި އެތައް މިލިއަން ކުދިންނެއް ޖިންސީ އަނިޔާއަށް ހުށަހެޅެމުންދާ ކަމަށެވެ. އަދި މި ތަޖުރިބާތަކުގެ ސަބަބުން ކުދިންނަށް ނަފްސާނީ ބޮޑެތި ކެކުޅުންތައް ކުރިމަތިވާ ކަމަށާއި ގިނަ ކުދިން ހިމޭނުން ތިބެނީ އެހީ ހޯދާނެ ދިމާލެއް ނޭނގޭތީ ކަމަށް ވިދާޅުވެ، މި މައްސަލައަށް ލޯ މަރާލައިގެން ތިބެވެން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ ޑިޖިޓަލް ރައިޓްސް ފައުންޑޭޝަންގެ އެގްޒެކެޓިވް ޑައިރެކްޓަރު ނިޣާތް ޑެޑް އަލް ޖަޒީރާއަށް މަޢުލޫމާތު ދެމުން ބުނީ، ކުދިން ރިޕޯޓް ނުކުރަނީ އެ ކުދިންގެ މައްސަލައަކުން ނޫން ކަމަށާއި، ރިޕޯޓް ކުރާނެ އިތުބާރު ހުރި ނިޒާމެއް ނެތްކަން އެ ކުދިންނަށް އެނގޭތީ ކަމަށެވެ. އަދި މިއީ ޕްލެޓްފޯމްތަކުގެ ޑިޒައިންގައި ހުރި މައްސަލައެއް ކަމަށް ވެސް އޭނާ ބުންޏެވެ. ޕާކިސްތާނު ފަދަ ޤައުމުތަކުގައި ޢާއިލީ ހުރަސްތަކުގެ ސަބަބުން މިފަދަ ކަންކަން ހާމަކުރުމަށް ބިރުގަންނަކަން ފާހަގަކުރަމުން ނިޣާތް ބުނީ، އަންހެން ކުއްޖަކު މިފަދަ ވާހަކައެއް ދައްކައިފިނަމަ ފޯނާއި، ތަޢުލީމާއި އަދި ސަލާމަތަށް ވެސް ނުރައްކާވާ ކަމަށާއި، ފިރިހެން ކުދިންގެ ފަރާތުން ބޭނުންވަނީ އެކަންކަމަށް ކެތްކޮށްގެން ހިމޭނުން ތިބުމަށް ކަމަށެވެ.

މި މައްސަލައިގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ނިމުނު ހަފުތާގައި އެމެރިކާގެ މެޓާ ކުންފުނިން ކުޑަކުދިންނަށް ނުރައްކާ ކުރި ކަމަށް ބުނެ ހުށަހެޅި ބޮޑު ފެޑެރަލް ދައުވާއެއް ވަނީ 18 ބިލިއަން ޑޮލަރުގެ ސެޓްލްމެންޓަކުން ނިންމާލާފައެވެ. މި ރިޕޯޓާ ގުޅިގެން މެޓާގެ ތަރުޖަމާނަކު އަލް ޖަޒީރާއަށް ބުނީ، މި ދިރާސާގައި ބޭނުންކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ކުރީގެ ޑޭޓާ ކަމަށާއި، ޔުނިސެފުން ލަފާދީފައިވާ ފަދަ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މިހާރު އެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި އަޅާފައިވާ ކަމަށެވެ. ވަޓްސްއެޕުން ބުނެފައިވަނީ އެއީ ސޯޝަލް މީޑިއާއެއް ނޫން ކަމަށާއި މެސެޖިން ޚިދުމަތެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ސްނެޕްޗެޓާއި ޓިކްޓޮކުން އަލް ޖަޒީރާއަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ
01 Sep 2026 ހަބަރު

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ

ސައުތު ސެންޓްރަލް ޕޮލިސްގެ ސަރަހައްދެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރެކޯޑުކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ ބައްޕައިގެ އިތުރުން ކުއްޖާގެ މަންމަގެ ބައިވެރިވ...

ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުނު ކަމަށް ތުހުމަތުވާ މީހާގެ ދައުވާތައް ނެގި ސަބަބު ޕީޖީން ސާފުކޮށްދީފި
23 Aug 2026 ހަބަރު

ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުނު ކަމަށް ތުހުމަތުވާ މީހާގެ ދައުވާތައް ނެގި ސަބަބު ޕީޖީން ސާފުކޮށްދީފި

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމަށް ތުހުމަތުކުރެވުނު ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ކުރި ދަޢުވާތައް އަނބުރާ ގެނައި ސަބަބު ޕީޖީން ސާފުކޮށްދީފިއެވެ. ޕީޖީ އޮފީހުން ބުނީ...

‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
23 Jun 2026 ހަބަރު

‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެ...

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއް 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
12 May 2026 ހަބަރު

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއް 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މުރަކަ / ގއ. ކަނޑުހުޅުދޫ، ޝަރަފުﷲ...

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއް 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
19 Apr 2026 ހަބަރު

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއް 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައި...

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަނީ
13 Apr 2026 ހަބަރު

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަނީ

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ. މިކަން ހާމަކޮށް ފުލުހުން ވަނީ އެމީހާ ފެންނަ ވީޑިއޯއެއް އާއްމިުކޮށްފައެވެ. އަދި ބުނީ، އެ ވީޑިއޯ އިން ފެންނަ މީހާއ...