މެންބަރު ޔާމީން ތިންވަނަ ފަހަރަށް ޕާޓީ ބަދަލުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އަށް ސޮއިކުރައްވައި ތިންވަނަ ފަހަރަށް ޕާޓީ ބަދަލުކޮށްފިއެވެ.
ޔާމީން ރަޝީދު އެމްޓީޑީއަށް ސޮއިކުރައްވާފައިވަނީ މިއަދު ހަވީރުގައެވެ. އެމްޓީޑީގެ ފަރާތުން ޔާމީންގެ މެންބަރޝިޕް ފޯމާއި ހަވާލުވެ ވަޑައިގަންނަވާފައިވަނީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އިސްމާއިލް އާސިފްއެވެ.
މެންބަރު ޔާމީނަކީ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވައި ގޮނޑިކާމިޔާބުކޮށްފައިވާ ފަރާތެކެވެ. އޭގެފަހުން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ޕީޕީއެމްއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ޕީޕީއެމްއަށް އޭނާ ސޮއިކުރިއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ނާކާމިޔާބު ވެވަޑައިގަތް ހިސާބުން މެންބަރު ޔާމީން ވަނީ ޕީޕީއެމްގެ ހަރަކާތްތަކުން ދުރުވެފައިކަން ފާހަގަކޮށްލަންޖެހެއެވެ.
ޔާމީން އެމްޓީޑީއަށް ގުޅިވަޑައިގެންނެވި އިރު، އެބޭފުޅާ ދަނީ އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް ޔާމީން ވާދަކުރައްވާ ދާއިރާާ އެބޭފުޅާ އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އެމްޓީޑީންވަނީ އެޕާޓީގެ ދަފްތަރަށް 3000މެންބަރުން ހަމަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް