ފުވައްމުލަކުން ގެއްލުނު ކުއްޖާ ފެނިއްޖެ! ފެނުނު އިރު ހުރީ ރޯން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިއަދު ހަވީރު ފުވައްމުލަކުގައި ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ފުވައްމުލައް، މިސްކިތްމަގު، މާކޯނި އުމުރުން ހަތަރު އަހަރުގެ، އިޒްޔާން ހުޝާމް މުޙައްމަދެވެ.
ފުލުހުން ބުނީ އެކުއްޖާ ފެނިފައިވާ ކަމަށާ ހާލު ރަނގަޅު ކަމަށެވެ.
ކުއްޖާ ހޯދުމުގައި ހަރަކާތްތެރިވި އެރަށު މީހަކު ވޮއިސް އަށް މައުލޫމާތު ދިން ގޮތުގައި ކުއްޖާ ފެނުނީ ފްލެޓެއްގެ ކޮޓަރި ތެރެއިންނެވެ. އޭރު ކުއްޖާ ހުރީ ރޯންކަމަށް އޭނާ ބުންޏެވެ.
އަދި އެ ފުލެޓްގައި އެވަގުތު އިތުރު މީހަކު ނެތް ކަމަށްވެސް ބުންޏެވެ.
އިތުރު ތަފްސީލް އަންނަނީ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް