މެދުރާއްޖެ ތެރެއަށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ދަންމާލައިފި!
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ނެރެފައިވާ ރީނދޫ ސަމާލުކަމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ސަރަޙައްދުތަކަށް ނެރެފައިވާ މި އިންޒާރުގެ މުއްދަތު ވަނީ މިއަދު 13:00 އާހަމައަށް އިތުރުކޮށްފައެވެ.
މެޓް އޮފީހުން ބުނެފައިވާގޮތުން، މި ސަރަޙައްދުތަކުގައި ގަދަވިއްސަރާއި ކަނޑު ގަދަވެ، ވައި ގަޑިއަކަށް 25-30 މޭލުގެ ބާރުމިނުގައި ޖެހުމާއެކު، ވިއްސާރައިގެ ވަގުތުތަކުގައި ގަޑިއަކަށް 50 މޭލުގެ ބާރުމިނަށް އަރާފާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން ކަނޑު ގަދަވާނޭކަމަށްވެސް މެޓް އޮފީހުންވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން، މިއަދު08:15 އިން 13:00 އަށް ޅ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށްވަނީ ހުދު ސަމާލު ނެރެފައެވެ.
އަދި މޫސުން ގޯސް ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 19 އާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް