ދ. މީދޫއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދ. މީދޫއިން ގެއްލިގެން ހޯދަމުން ދިޔަ ދ. މީދޫ / ދުނބުރިމާގެ، (މިހާރު ދިރިއުޅޭ އެޑްރެސް: ވ. ލަކީސްޕޮޓް) މަރްޔަމް ރާމިޒާ (36އ) ފެނިއްޖެއެވެ.
އޭނާ ފެނިފައިވަނީ މިއަދު 11:40 އެހައިކަންހާއިރު މާލެއިން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ.
ރާމިޒާ ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާން ކުރީ މިއަދު ހެނދުނުއެވެ.
އެގޮތުން ކުރި އިއުލާންގައި ބުނެފައިވާ ގޮތުން ރާމިޒާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހަށް ރިޕޯޓް ކުރީ 2024 ޖަނަވަރީ 24 ވަނަ ދުވަހުގެ 20:37 އެހައިކަންހާއިރުއެވެ.
އަދި މަރްޔަމް ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ ޖަނަވަރީ 23 ވަނަ ދުވަހުގެ 21:00 އެހަކަންހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވަ ކަމަށްވެސް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް