3 އޮފީސް ފަޅާލި މީހާގެ ބަންދަށް އިތުރު 30 ދުވަސް
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިނާ މޯލްޑިވްސް އޮފީހާއި، އަދި އިތުރު ދެ އޮފީހެއް ފަޅާލައި ވައްކަންކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވީސް އިން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ އިނާ މޯލްޑިވްސްގެ އައިލޭންޑް ޗޮއިސް، އޭސް ޓްރެވަލްސް އަދި ޤަޠަރު ކާގޯ އޮފީހަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލާގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވަނީ، ރ. މީދޫ ބުލްބުލާގޭ އުމުރުން 40 އަހަރުގެ އަޒްމީލް މުޙައްމަދު ކަމަށެވެ.
އޭނާގެ ބަންދަށް ފުރަތަމަ ދިން ފަސް ދުވަހަށް ހަމަވުމުން ބަންދުގެ މުއްދަތު ވަނީ އިއްޔެ އިތުރުކޮށްފަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް އޮފީހެއް ފަޅާލައި ވައްކަން ކުރި ދެމީހަކު ހައްޔަރު ކޮށްފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް