މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވާ ދެ މީހަކަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އއ. މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގީ މިރޭ 8:45 ހާއިރު އެވެ. ފުލުހުން ބުނީ މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ މީހަކު ފިހިފައިވާ ކަމަށެވެ. ފިހުނީ ދެ ބިދޭސީންނެވެ.
އެ ދެ މީހުންނަށް މިހާރު ހެލްތް ސެންޓަރުގައި ދަނީ ފަރުވާ ދެމުން ކަމަށާ އިތުރު ފަރުވާ ދިނުމަށްޓަކާ މާލެއަށް ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ވެސް ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް