N/A
N/A
ހަބަރު 31 Dec 2018 | 13:10

8 އަހަރު ފޮރިންސާވިސްގައި އުޅުމަށްފަހު ރައީސް ވަހީދުގެ ދަރިކަލުން ޖެފްރީ ވަކިވެއްޖެ

ރާއްޖޭގެ ޚާރިޖިއްޔާގައި، ފޮރިންސާވިސްގައި 8 އަހަރުވަންދެން މަސައްކަތްކުރެއްވުމަށްފަހު ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު ފޮރިންސާވިސްގެ ޚިދުމަތުން ވަކިވެވަޑައިގެންފިކަން ހާމަކުރައްވައި ފެއަރވެލް ސްޓޭޓްމަންޓެއް ދެއްވައިފިއެވެ.

ޖްފްރީ ސާލިމް ޜާއްޖޭގެ ޚާރިޖިއްޔާގެ ޚިދުމަތުން ވަކިވެވަޑައިގެންނެވީ ކީއްވެގެންކަން ސާފުކޮށް ހާމަކުރައްވާފައި ނުވެއެވެ. އެހެންނަމަވެސް ވޮއިސްއަށް އެގިފައިވާ ގޮތުގައި ޒުވާން ޑިޕްލޮމެޓް ޚާރިޖީ ދާއިރާ ދޫކޮށްލީ ސަރުކާރުގެ ޚާއްސަކޮށް ރައީސް އޮފީހުގައި މަސައްކަތްކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް އަންހެން ބޭފުޅުން އޭނާއާއިމެދު އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން އައި ފިއްތުންތަކުންނެވެ. ފުރަތަމަ ސަބަބަކީ އޭނާއަކީ 2012 ވަނަ އަހަރު މުހައްމަދު ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވުމުން ނާއިބް ރައީސްއަކަށް ހުންނަވައި ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ޑޮކްޓަރ ވަހީދުގެ ދަރިފުޅަށް ވުމެވެ. ރައީސްކަމާއި ޑޮކްޓަރ ވަހީދު ހަވާލުވެވަޑައިގަތުމުން އެމްޑީޕީގެ އިސްވެރިން ވަހީދު ދެކެ އައި ރުޅި އޭނާގެ ދަރިފުޅަށްވެސް ބާލަމުންދިޔައެވެ. ދެވަނަ ސަބަބަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވަށްޓާލުމަށް ގެންނަން އުޅުނު ޖުޑިޝަލް ކޫ ނާކާމިޔާބުވުމާއި ގުޅިގެން ކުރިމަތިވި އިންޓަރނޭޝަނަލް ޕްރެޝަރ ކުޑަކުރުމަށާއި ސަރުކާރުގެ ފޮރިންޕޮލިސީ ހާމަކުރަމުގައި ޚާރިޖިއްޔާގައި ތިއްބެވި ޓެލެންޓެޑް ކުޅަދާނަ ޑިޕްލޮމެޓުން ބޭނުންކުރިއިރު ޖެފްރީއަކީ އެންމެ ކުރީސަފަށް ޚާރިޖިއްޔާއިން ނެރުނު ޑިޕްލޮމޭޓަށްވުމެވެ. ކުރީ ސަފަށް އޭނާ ނެރުނީ އޭނާގެ އިލްމީ ގާބިލްކަމާއި ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމާއި އަދި ޚާރިޖީ ސިޔާސަތު ދިފާއުކުރެއްވުމުގައި ގެންގުޅުއްވާ ވަށްޓަފާޅި ސަރުކާރަށް ކަމުދިޔުމުންނެވެ. އެމަސައްކަތުގެތެރޭގައި އުޅުއްވަންޖެހިލެއްވުމުން ސަބްރާ ނޫރައްދީންފަދަ އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ވަރަށް ބޮޑު ނަފްރަތާއި ރުޅިވެރިކަން އޭނާއަށް ރައްދުވަމުންގޮސްފައިވެއެވެ.

ޖެފްރީ ސާލިމަކީ އޭނާގެ ބައްޕަގެ ފަހަތްޕުޅުން އެމެރިކާގެ ސްޓެމްފޮޑް ޔުނިވަރސިޓީން ތައުލީމް ހާސިލުކުރެއްވި ދެވަނަ ދިވެއްސެވެ.

ކިޔަވައިވިދާޅުވުމަށްފަހު ދިވެހި ރާއްޖޭގެ ފޮރިންސާވިސްއާއި ގުޅިވަޑައިގެން ވޭތުވެދިޔަ އަށް އަހަރު މެދުކެނޑުމެއްނެތި އޭނާ މަސައްކަތްޕުޅު ކުރައްވަމުންގޮސްފައިވަނީ ޚާރިޖީ ދާއިރާގައެވެ. އޭނާއަކީ ރާއްޖޭގެ ފޮރިން ސާވިސްގެ އެންމެ ބްރައިޓް އެއް ޒުވާން ޑިޕްލޮމެޓެވެ.

ފެއަރވެލް ސްޓޭޓްމަންޓްގައި އޭނާގެ ބައްޕަގެ ސިޔާސީ ހަޔާތްޕުޅަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި އެކަންކަމުގައި އޭނާގެ ތަޖުރިބާ ހިއްސާކުރައްވާފައިވެއެވެ. އޭނާގެ ބައްޕަގެ އާއިލާއަށް ލިބުނު ސިޔާސީ އަނިޔާތަކުގައި އޭނާގެ ބައްޕަ ކީރިތިކުރައްވާފައިވާ މަންޒަރު ކުޑައިރު ފެނިފައިވާކަމަށް ޖެފްރީ ކިޔައިދީފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.