ނޮޅިވަރަމް ބަނދަރުން، ސައިކަލާއި އެކު މޫދަށް ވެއްޓި، ޒުވާނެއް މަރުވެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހދ. ނޮޅިވަރަމް ބަނދަރުން ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުންގެ ބުނީ ނޮޅިވަރަމް ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައިވާ ކަމަށް މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާ ނިޔާވެފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް