ޕީސް ފައުންޑޭޝަންގެ ޑޫ ޔޫ ނޯ الله ވޯކްޝޮޕެއްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން
ޕީސް ފައުންޑޭޝަންގެ ޑޫ ޔޫ ނޯ الله ވޯކްޝޮޕެއްގެ ތެރެއިން: ފޮޓޯ/ ޕީސް ފައުންޑޭޝަން
ހަބަރު 03 Sep 2024 | 10:40

ޕީސް ފައުންޑޭޝަންގެ، ”ޑޫޔޫ ނޯ الله“ ވޯކްޝޮޕް ހޮނިހިރު ދުވަހު، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

ޕީސް ފައުންޑޭޝަނުން ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑޫޔޫ ނޯ الله" ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ނިންމައި، އެ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ވޯކްޝޮޕަކީ ކުޑަކުދިންނަށް އެކުދިންގެ ޚާލިޤުވަންތަ الله އާ ބެހޭ ގޮތުން އުނގަންނައިދިނުމަށް ބާއްވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް ކުރިއަށް ގެންދާނީ ޝައިޚް ނިމާލް މުޙައްމަދުގެ ބެލުމުގެ ދަށުން މުޙައްމަދު ސޯބާޙް (ޗޭބެ) ކަމަށް ޕީސް ފައުންޑޭޝަނުން ކަމަށް ވާއިރު، ކުދިންނާއި ގުޅޭ، މަޖާ ގޭމް ތަކާއި ހަރަކާތްތައް ވޯކްޝޮޕްގެ ތެރެއިން ކުރިއަށްދާނެ ކަމަށް ޕީސް ފައުންޑޭޝަނުން ހާމަކޮށްފައިވެއެވެ.

މި ވޯކްޝޮޕް އޮންނާނީ 2024 މި ސެޕްޓެމްބަރު މަހުގެ 7 ވަނައަށްވާ ދުވަހު ހޮނިހިރު ދުވަހު ހެނދުނު 9:00 އިން 11:30 އަށް ކަމަށާ މި ވޯކްޝޮޕްގައި ބައިވެރިވުމަށް 300 ރުފިޔާގެ ފީއެއް ނަގާނެ ކަމަށްވެސް ޕީސް ފައުންޑޭޝަނުން ބުނެފައިވެއެވެ.

މި ވޯކްޝޮޕްގައި 7 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު އޮތް އިރު، ވޯކްޝޮޕްގައި ބައިވެރި ވެވޭނީ އެންމެ ފުރަތަމަ ރެޖިސްޓާ ކުރާ 10 ކުދިންނަށް ކަމަށް ޕީސް ފައުންޑޭޝަނުން މައުލޫމާތު ދެއެވެ.

ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.gle/qnJUA19Jito1Jd7X8 ލިންކުގައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް 7341781 އަދި 9552949 ނަންބަރާ ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް ޕީސް ފައުންޑޭޝަނުން ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
07 Aug 2026 ކުޅިވަރު

އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ

އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ. ޕީސް ފައުންޑޭޝަނުން ޗޭ ފޭސްބުކުގައި ކުރި ޕޯސ...