މާލެއިން ގެއްލުނު އަންހެން މީހާ 3 ދުވަހަށްފަހު ފެނިއްޖެ
މިދިޔަ ބުދަދުވަހު މާލެއިން ގެއްލުނު ލ.މުންޑޫއަށް ނިސްބަތްވާ އަންހެންމީހާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅައި، ވަނީ ހާޒިރުވެފައިވާކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް