މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ފައިޞަލް ވަކިކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ފައިސަލް ވަކިކުރައްވައި މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް، ޓޫރިޒަމް މިނިސްޓަރު މަގާމުން ވަކި ކުރެއްވީ ކީއްވެ ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ޓޫރިޒަމް މިނިސްޓަރ ކަމުގެ މަޤާމަށް ފައިޞަލް އައްޔަނު ކުރެވުނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ. އެ މަގާމުގައި އޭނާ ހުންނަވައިގެން ބޭރުގައުމުތަކުގެ އިނގިރޭސި ބަހުން ދެއްވި ބައެއް ބަސްދީގަތުން ތަކާއި ތަގުރީރުތަކުގެ ފެންވަރު ދަށް ކަމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.
ފައިޞަލަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް ޢަބްދުالله ގެ ދަރިކަލެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް