ކަރުންމަތީގެ ޚާއްސަ ޑަކްޓަރ، ޑރ.ޑަންޔާން ހަރްޝިދާން ޕާލް މެޑިކަލްގައި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގިނަ ދިވެހިންގެ މެދުގައި މަޤްބޫލް އިންޑިޔާގެ ކަރުން މަތީގެ ޚާއްސަ ޑޮކްޓަރ، ޑރ ޑަންޔާން ހަރްޝިދާން، ޕާލް މެޑިކަލްގައި ބަލި މީހުންނަށް ފަރުވާ ދެއްވާނެ ކަމަށް އެ ކްލިނިކްއިން ހާމަކޮށްފިއެވެ.
ޕާލް މެޑިކަލްސްއިން ބުނެފައިވަނީ ޑރ ޑަންޔާން އެ މެޑިކަލްގައި މިއަންނަ ޖަނަވަރީ މަހު 7 ވަަނަ ދުވަހާއި 8 ވަނަ ދުވަހު ބަލި މީހުން ބައްލަވާނެ ކަމަށެވެ. ޕާލް މެޑިކަލްއިން ހާމަ ކުރާ ގޮތުގައި ޑރ ދަންޔާން ކަރުން މަތީގެ ގިނަ ބަލިތަކަށް ފަރުވާ ދެއްވާނެއެވެ. މިގޮތުން ކަންފަތަށް ދަތުވާ މީހުންނަށް ފަރުވާ ދިނުމާއި، ކަންފަތް ސާފުކުރުމާއި ކަންފަތުގައި އަދި ނޭފަތުގައި ހުންނަ މަޑު ސާފު ކުރުން ހިމެނެއެވެ. މީގެ އިތުރުންވެސް އިތުރު ބަލިތަކަށްވެސް ފަރުވާ ދެއްވާނެ ކަމަށް ޕާލް މެޑިކަލްސްއިން ހާމަ ކުރެއެވެ.
ޕާލް މެޑިކަލްސްއިން ބުނެފައިވަނީ ޑރ ޑަންޔާންއަށް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅުންގެ ފޯން ނަންބަރު 3305550 ނުވަތަ 3315550 ނަންބަރު ފޯން އާ ގުޅުއްވާ އެޕޮއިންޓްމެންޓް ހެއްދެވުމަށެވެ.
ޕާލް މެޑިކަލްސްއަކީ ދިވެހިންގެ ތެރޭގައި މަޤްބޫލު ބޭރުގެ ޑޮކްޓަރުން ރާއްޖެ ގެނެސް ރާއްޖެއިން ފަރުވާ ލިބޭނެ ގޮތް ހަމަޖައްސަމުން އަންނަ ބައެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް