މާލެއިން ގެއްލުނު މީހާ ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލެއިން ގެއްލިގެން ހޯދަމުންދިޔަ ނައިފަރު އަންހެން މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ.
ފުލުހުން ބުނީ، މިއަދު 11:20 އެހައިކަންހާއިރު ފާޠިމަތު ނޫރާ ގެއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން އޭނާ ހޯދަން އިއުލާން ކޮށް ކުރިން ބުނީ ރޭ 20:00 އެހައިކަންހާއިރު ނޫރާ ގެއިންބޭރަށް ދިޔަފަހުން ޚަބަރެއްނުވެ ގެއްލިފައިވާކަމަށް ބުނެ ރޭ 12:19 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ނޫރާގެ އާއިލާއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އޭނާ ގެއިން ރުޅިއައިސްގެންނެވެ. އަދި އޭނާ އަކީ ފިޓު ޖެހޭ، ސިކުނޑީގަ މައްސަލަ ހުންނަ މީހެއް ކަމަށާ، އެންމެ ފަހުން ފިޓު ޖެހުނު ދުވަހު ވެއްޓި ސިކުނޑިއަށް ލިބުނު އަނިޔާގެ ފަހުން ވަރަށް ބޮޑަށް ރުޅިގަދަ ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް