ރައީސް ޔާމީނުގެ ވެރިކަމުގައި ކުދިން ނާސްތާކުރީ ސަބްމެރީންއާއި ބާގާ ކައިގެން: ސިއްދީގް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަައި، ކިޔަވާ ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ނިންމާފައިވާ ސިޔާސަތަށް ޕީޕީއެމްގެ ކައުންސިލް މެންބަރ އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސިއްދީގް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސިއްދީގް މި ސިޔާސަތަށް ފާޑުވިދާޅުވީ ރޭ ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ސިއްދީގް ވިދާޅުވީ ކުރީގެ ރައީސް ޔާމީން ގެ ސަރުކާރުގައި ރައްޔިތުން ދެކެމުންދިޔައީ ވަރަށް އުޖާލާ ދުވަސްތަކެއްކަމުގައެވެ. އެގޮތުން، އެމަނިކުފާނުގެ ވެރިކަމުގައި ކިޔަވާ ކުދިން ތިބީ ކިރުތަށި ނުބޮއެ، ސަބްމެރިންއާއި ބާރގާ ކައިގެންކަމަށް ސިއްދީގް ވަނީ ވިދާޅުވެފައެވެ.
ސިއްދީގް ވިދާޅުވީ ދޮންކޭލާއި ކިރުތައްޓަކީ ދިވެހިން ޒަމާނުއްސުރެ ކައިބޮއެ ހަދަމުން ދިޔަ އެއްޗެހި ކަމަށެވެ. އަދި ރާާއްޖެ އޮތީ އެއަށްވުރެ ތަނަވަސްކޮށް ކަމަށްވެސް ސިއްދީގް ވަނީ ވިދާޅުވެފައެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ޖަޒީރާ ރާއްޖެ އަކަށް ސަބްމެރިން އާއި ބާރގާ އާއި ކޭއެފްސީ ބޭނުން ނުވާނެ ކަމަށާއި ޖަޒީރާ ރާއްޖެއަށް ބޭނުންވާނީ ހޮޅުއަށީގައި ކާއްޓާއި، މަހާއި ރިހާކުރު ކެއުން ކަމަަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް