ކޮނޑޭއާއި ދާންދޫ ވާދަކުރި މެޗުގެ ތެރެއިިން... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކޮނޑޭއާއި ދާންދޫ ވާދަކުރި މެޗުގެ ތެރެއިިން... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުޅިވަރު 24 Jan 2024 | 04:59

ފާރިހުގެ ހަތަރު ލަނޑާއެކު ކޮނޑޭ އިން ފެންވަރު ދައްކާލައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ގއ. އަތޮޅު، އަތޮޅު ބުރުގެ ގުރޫޕް އެކެއްގައި އަންގާރަދުވަހުގެ ރޭ 6-1 ގެ ނަތީޖާއަކުން ދާންދޫ ބަލިކޮށް ކޮނޑޭ އިން އެޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

މުބާރާތުގައި ދާންދޫ އިން ކުޅުނު ފުރަތަަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ގެމަނަފުށި އަތުން އެޓީމު ބަލިވެފައިވާއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން މާމެންދޫ އަތުން މޮޅުވެފައެވެ. އަދި ކޮނޑޭގެ ފުރަތަަމަ މެޗުގައި ގެމަނަފުއްޓާއި ދެކޮޅަށް އެޓީމުން ކުޅުނު މެޗު ވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފު 2-1 ގެ ނަތީޖާއަކުން ކޮނޑޭ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުގެ އަމީ ފާރިހު މުހައްމަދު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އަހުމަދު އަނަސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި ދާންދޫ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަސަން އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކޮނޑޭގެ އަލީ ފާރިހު މުހައްމަދު އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން ކޮނޑޭއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ދާންދޫ އަށް ތިން މެޗު ކުޅެގެން ކިބިފައިވަނީ ތިން ޕޮއިންޓެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ގއ. އަތޮޅުން 9 ޓީމު ބައިވެރިވެފައިވާއިރު، މިއަތޮޅުގެ އަތޮޅުބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، ފައިނަލުގައި ވާދަކުރާ ދެޓީމަށް މުބާރާތުގެ ޒޯނު ބުރުން ފުރުސަތު ލިބިގެންދާނެ އެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކާނާ ވިހަވެގެން ދާންދޫން އަންހެނަކު ނިޔާވެއްޖެ
23 Mar 2026 ހަބަރު

ކާނާ ވިހަވެގެން ދާންދޫން އަންހެނަކު ނިޔާވެއްޖެ

ކާނާ ވިހަވެގެން ދާންދޫން އަންހެނަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ އެރަަށު ވިނަމަތި، އުމުރުން 41 އަހަރުގެ އައިޝަތު އިބްރާހިމް އެވެ. އެނގިފައިވާ ގޮތުގައި އައިޝަތު ވިހަވީ / އެލާޖިކްވީ އޮޅުއަލަ ކެއުމުން...

ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް
15 Feb 2026 ކުޅިވަރު

ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް

ގއ.ދެއްވަދޫ ބަލިކޮށް އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް ހދ.ނައިވާދޫ ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދީ، ފައިނަލުގައި ރޭ ކުޅުނުމެޗް 9-3 ގެ ނަތީޖާއިން ކުރި...

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް؛ އައްޑޫގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫއަށް
19 Jan 2026 ކުޅިވަރު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް؛ އައްޑޫގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫއަށް

މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އައްޑޫ ޒޯނުގެ ޗެމްޕިއަންކަން ހިތަދޫ ހޯދައިފިއެވެ. އައްޑޫ ސަރަހައްދުގެ ޗެމްޕިއަންކަން ހިތަދޫ ހޯދީ ފައިނަލުގައި ވާދަވެރި މަރަދޫއާ ދެކޮޅަށް ކުޅުނ...

ގޯލްޑަން ޗެރިޓީ ޝީލްޑް އޭދަފުއްޓަށް
04 Jan 2026 ކުޅިވަރު

ގޯލްޑަން ޗެރިޓީ ޝީލްޑް އޭދަފުއްޓަށް

ކާށިދޫ ބަލިކުރުމަށްފަހު، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗް އޭދަފުށި ކާމިޔާބުކިށްފިއެވެ. މުބާރާތުގެ ޗެރިޓީ ޝީލްޑް މެޗް އޭދަފުށި ކާމިޔާބުކޮށްފައިވަނީ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނުމެޗް ...

ދާންދޫ ކައުންސިލުން ކަރަންޓް ބިލް ނުދައްކައި، ފައިސާ ހަރަދުކުރީ ކުޅިވަރަށް: އޮޑިޓް
27 Dec 2025 ހަބަރު

ދާންދޫ ކައުންސިލުން ކަރަންޓް ބިލް ނުދައްކައި، ފައިސާ ހަރަދުކުރީ ކުޅިވަރަށް: އޮޑިޓް

ގއ.ދާންދޫ ކައުންސިލް ކަރަންޓް ބިލް ދައްކަން ހުރި ފައިސާއިން ބިލްތައް ނުދައްކައި ކުޅިވަރަށް ހޭދަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފާހަގަކޮށްފައިވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ގއ ދ...

ދާންދޫ މަގެއްގެ މަތިން، މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ
07 Dec 2024 ހަބަރު

ދާންދޫ މަގެއްގެ މަތިން، މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ

ގއ.ދާންދޫ މަގުމަތީގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެއެވެ. ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދާންދޫ އިން ވާހަކަދެއްކި މީހަކު ބުނީ، އެ ޒުވާނާ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޖީނުގެ...