ބަޖެޓް ފާސްކުރުމަށް މިރޭ ޚާއްސަ ޖަލްސާއެއް ބާއްވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
2019 ވަނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.
ބަޖެޓް ފާސްކުރުމުގެ އިތުރުން، މިރޭގެ ޖަލްސާގައި ވެެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލުމުގެ ބިލަށް ވެސް ވަނީ ވޯޓު ދިނުމަށް ނިންމާފައެވެ.
މިރޭ ފާސްކުރުމަށް ހުށައަޅާ ބަޖެޓަކީ 30.3 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަ އަހަރު ބޭނުންކުރާނެ ބަޖެޓެވެ. މި ބަޖެޓް ތައްޔާރުކޮށްފައިވަނީ ކުރީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުހައްމަދު މުނައްވަރުގެ ބެއްލެވުމުގެ ދަށުންނެވެ.
މި ޖަލްސާއަށް ކުރިމަތިލާއިރު، ޖޭޕީ އަދި އެމްޑީޕީގެ ޕީޖީ ގްރޫޕު ވަނީ މެންބަރުންގެ އަދަދުވަނީ އެއްވަރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް