ފުވައްމުލަކު ބޭރަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ފުވައްމުލަކު ބޭރު ކަނޑަށް މިއަދު ހެނދުނު ޑައިވިންއަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 9:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
އަދި ހޮސްޕިޓަލަށް މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް