މުހައްމާ އެމްޑީޕީއަށް ސޮއިކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ރޭގެ ވަގުތެއްގައި އެބޭފުޅާ އެމްޑީޕީއަށް ސޮއިކުރެއްވި އިރު، އެބޭފުޅާގެ ފޯމާއި ހަވާލުވެ ވަޑައިގަންނަވާފައިވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އަދި އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފްއެވެ. އެމްޑީޕީއަށް ސޮއިކުރުމާއި ހަމައަށް މުހައްމާ ހުންނެވީ، މިނިވަން މެންބަރެއްގެ ގޮތުގައެވެ.
މުހައްމާ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައެވެ. އެއަށްފަހު އެމަނިކުފާނު، ޕީޕީއެމްއަށް ގުޅިވަޑައިގެންނެވިއެވެ. މިނިވަން މެންބަރެއްގެ ގޮތުގައި މިހާތަނަށް މުހައްމާ ހުންނަވަން ޖެހިވަޑައިގެންނެވި ސަބަބަކީ، އެންޓި-ޑިފެކްޝަންގެ ގާާނޫނުގެ ދަށުން އެބޭފުޅާގެ ގޮނޑި ގެއްލި، ފަހުން ސުޕްރީމް ކޯޓުގެ ހުކުމަކުން އެގޮނޑި އިޔާދަވުމުންނެވެ.
ބެލެވޭ ގޮތުގައި ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި އިހަވަންދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއެއް އޮތްނަމަ އެ ޕްރައިމަރީގައި މުހައްމާ ވާދަކުރައްވާނެއެވެ.
މުހައްމާ އަކީ މީގެ ކުރިން މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް