މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އިލެކްޝަންސްގައި ދަފްތަރުކުރެވިއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ނިސްބަތް ވެވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމަނަައި، ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށްފި އެވެ.
އެމްޓީޑީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދީފައިވަނީ ނޮވެންބަރ 29 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު ވަނީ 3333 މެންބަރޝިޕް ޕޯމާއެކު އިލެކްޝަންސްއަށް ހުށަހަޅާފައެވެ.
އެމްޓީޑީ އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު ދަރުބާރުގޭގައެވެ. ގިނަ އަދަދަކަށް ޒުވާނުން ބައިވެރިވި ޕާޓީގެ ޖަލްސާގައި ވަނީ ދިހަ މެންބަރުންގެ މައްޗަށް ހިމެނޭ އެމްޓީޑީގެ އިންތިގާލީ ކައުންސިލެއް އެކުލަވާލާފައެވެ.
އެމްޓީޑީއަށް މިހާތަނަށް މަޖިލިސް ދެމެންބަރުން ވަނީ ގުޅިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް