ރޮހިންޔާ ރެފިއުޖީ ކޭމްޕް ގައި ހިނގި އަލިފާނުގެ ހާދިސާ-- ފޮޓޯ: އަލް ޖަޒީރާ
ރޮހިންޔާ ރެފިއުޖީ ކޭމްޕް ގައި ހިނގި އަލިފާނުގެ ހާދިސާ-- ފޮޓޯ: އަލް ޖަޒީރާ
ދުނިޔެ 08 Jan 2024 | 02:46

ރޮހިންޔާ ރެފިއުޖީ ކޭމްޕެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ރޮހިންޔާ ރެފިއުޖީ ކޭމްޕެއް ގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ގެޔެއްގެ ބަދިގޭގައި ރޯވެގެން ހިނގި މި ހާދިސާގައި 2،000 އަށް ވުރެ ގިނަ ގެ އަނދާ ހުލިވެ، އެތައް ބައެއް ވަނީ ގެދޮރު ނެތިފައެވެ.

މި ހާދިސާގައި އަނިޔާވި މީހުނަށް ސިއްހީ އެހީތެރިކަން ބޭނުންވެފައިވާއިރު ތުރުކީގެ ފީލްޑް ހޮސްޕިޓަލަކީ އަލިފާން ރޯވި ތަނާ މާ ކައިރި ހޮސްޕިޓަލެއް ނޫން ނަމަވެސް ހޮސްޕިޓަލުގެ މުވައްޒަފުންމި ހާދިސާ ހިނގާފައިވާ ސަރަހައްދަށް ދަތުރު ކުރަމުންނެވެ. ތުރުކީގެ ފީލްޑް ހޮސްޕިޓަލަކީ އޮޕަރޭޝަނަލް ހޮސްޕިޓަލެއް ނަމަވެސް އެ ހޮސްޕިޓަލްގައި މި ހާދިސާގައި އަނިޔާވި ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ވަަރަށް ތަކެއްޗާއި ޖާގަ އެއް ނެތެވެ.

މިކަމާއި ގުޅިގެން އިންޓަރނޭޝަލް އެއިޑް ކެންޕެއިން، އައިއޭސީން، އެ ޖަމިއްޔާގެ ކޭމްޕް މެނޭޖްމަންޓާއި ގްރައުންޑް ޓީމުތަކާއި ހަވާލާދީ 'ވޮއިސް' އަށް މައުލޫމާތު ދެމުން ބުނީ އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް 1،200 ބެމްބޫ ގެޔެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަދާފައެވެ. އޭގެ ތެރޭގައި 15 ސްކޫލަކާއި، 3 މިސްކިތެއް، އަދި 1 ކުޑަކުދިންގެ ޕާކް ހިމެނެއެވެ.

ރޮހިންޔާ ރެފިއުޖީ ކޭމްޕްގައި މި ހިނގި އަލިފާނުގެ ހާދިސާގައި ބޭނުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އައިއޭސީގެ ގްރަންޑް ޓީމުން ވަނީ މަސައްކަތްކޮށްފައެވެ. އެ މަސައްކަތްތަކުގެ ތެރޭގައި މީހުންނަށް ބޯހިޔާވަހިކަމާއި، ސިއްހީ ފަރުވާއާއި، ކޮންމެހެން ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ.

ތުރުކީގެ ފީލްޑް ހޮސްޕިޓަލުން އެހީތެރިވަމުން އައި ނަމަވެސް 2،000 އަށް ވުރެ ގިނަ ގެ ގެއްލިގެން ދިއުމުން މި ގެތައް އަލުން ބިނާކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހެނިހެން ފަރާތްތަކުގެ ވެސް އެއްބާރުލުން ބޭނުންވެއެވެ.

ކަމާއި ބެހޭ ފަރާތްތަކުން ދަނީ ހާލު ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.