ނުގަވައިދުން ބަނގުރަލުގެ ވިޔަފާރި ކުރި ސަފާރީއަކުން 1،224 ބަނގުރާ ދަޅު އަތުލައިގެންފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އެތަކެތީގެ ވިޔާފަރި ކުރާ ސަފާރީއަކުން ހާހަކަށްވުރެ ގިނަ ބަނގުރާ ދަޅު ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ބުނީ، ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ކޯޓް އަމުރެއްގެ ދަށުން ސަފާރީ ބަލާފާސްކޮށްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަނުގައި އެ ސަފާރީގެ ތެރެއިން 1،224 ދަޅު ބަނގުރަލާއި 124 ބަނގުރާ ފުޅި އަތުލައިގެންފައިވާ ކަމަށާ އެ ތަކެތި އެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެނައި ކަމަށާއި އެ ދެ މީހުންނާ ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް