N/A
N/A
ހަބަރު 15 Dec 2018 | 14:08

އަޝްކަރީ ހެލިކޮޕްޓަރުގެ އެގްރީމެންޓުގައި އެންމެ ފަހުން ސޮއިކޮށްފައިވަނީ ރައީސް ޔާމީން - ފޮރިން މިނިސްޓްރީ

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އިންޑިއާގެ އަޝްކަރީ ހެލިކޮޕްޓަރު ދިވެހި ސަރުކާރާ ހަވާލުކުރުމަށް ލެޓަރސް އޮފް އެކްސްޗޭންޖުގައި އެންމެ ފަހުން ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިހެން އެ މިނިސްޓްރީން ހާމަކޮށްފައިވަނީ މިއަދު އެ މިނިސްޓްރީން ދިވެހިރާއްޖޭގައި ހުރި އިންޑިއާގެ ނޭވީ އެޑްވާންސް ލައިޓް ހެލިކޮޕްޓަރުތަކާ ގުޅޭ ގޮތުން އެމިނިސްޓްރީން ނެރުނު ބަޔާނުގައެވެ.

"ފުރަތަމަ ހެލިކޮޕްޓަރު ހަވާލުކުރުމުގެ ލެޓަރސް އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ 2010 ވަނަ އަހަރުގެ މާޗް މަހު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދުގެ ސަރުކާރުންނެވެެ. އަދި އެ އެއްބަސްވުން ވަނީ 2012 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު ވަހީދު ހަސަންގެ ސަރުކާރުންނާއި 2014 ވަަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އާކޮށްފައެވެ. ދެވަނަ ހެލިކޮޕްޓަރު ދިވެހި ސަރުކާރާ ހަވާލުކުރުމަށް ލެޓަރސް އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން" ދިވެހި ސަރުކާރުގެ ބަޔާނުގައި ވެއެވެ.

ދިވެހި ސަރުކާރުން މިފަދަ ބަޔާނެއް ނެެރެފައިމިވަނީ ރާއްޖެ އިންޑިއާގެ ޒަމާންވީ ގުޅުން ބަދަހިވަމުން އަންނަ ދަނޑިވަޅެއްގައި އިދިކޮޅުފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތުތަކާގުޅިގެންނެވެ. އެގޮތުން ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސް އެއް ސަރުކާރުން އަޅަން އުޅޭކަމާއި، ހެލިކަޕްޓަރު ބެލުމައް ތިބޭ އިންޑިއާގެ ސިފައިން އިތުރުކުރަން ސަރުކާރުން އެއްބެސްވެފައިވާކަމަށް އިދިކޮޅު ޕީޕީއެމްއިން ތުހުމަތުކުރެއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ރާއްޖޭގައި އިންޑިއާގެ ސިފައިންނާއި ހެލިކޮޕްޓަރު އޮތުމަކީ ޤައުމުގެ އިސްތިގްލާލަށް ބުރޫ އަރާކަމެއްގޮތުގައި ސިފަކުރައްވާފައެވެ.

މިބަޔާނުގއި ޖޮއިންޓް އެކްސަރސައިސްތަކާއި ތަމްރީނާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރުން ފަދަ ޖޮއިންޓް އޮޕަރޭޝަންތަކާމެދުވެސް ވަނީ އަލި އަޅުވާލާފައެވެ.

އެގޮތުން ތަފާތު އެއްބަސްވުންތަކުގެ ދަށުން، އެމެރިކާ އަދި ސްރީ ލަންކާ ފަދަ ޤައުމުތަކާއެކުވެސް މިފަދަ ޖޮއިންޓް އޮޕަރޭޝަންތައް ދަނީ ހިންގަމުންކަމަށާއި މީގެ އިތުރުން އެހެން ޤައުމުތަކުން ހިންގާ އޮޕަރޭޝަންތަކުގައިވެސް ދިވެހި ސިފައިން ދަނީ ބައިވެރިވަމުންކަމުގައި އެބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

އެގޮތުން އިންޑިއާގެ ނޭވީގެ އެޑްވާންސް ލައިޓް ހެލިކޮޕްޓަރުތަކަކީ މި ގުޅުމުގެ ތެރެއިން، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، ބަލި ހާލަތުގައި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމާއި، ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރުން ފަދަ ކަންކަން ހިންގުމުގައި ދިވެހިރާއްޖޭގެ ދިފާޢީ ބާރުތަކަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާ ދެ ހެލިކޮޕްޓަރުކަން ވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިހާތަނަށް، ދެ ހެލިކޮފްޓަރު ވަނީ ކުއްލި ހާލަތުގައި 151 ބަލި މީހުން އުފުލާފައެވެ. އަދި ސާޗް އެންޑް ރެސްކިއުގެ 50 އޮޕަރޭޝަނެއްގައި ބޭނުންކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...