ތަޖުރިބާނެތް މީހުން މަގާމުތަކަށް ނުލާނަން: މަހާތިރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މަގާމުތަކަށް ފަރާތްތައް އައްޔަންކުރާއިރު، ތަޖުރިބާނެތްމީހުން އެމަގާމުތަކަށް އައްޔަން ނުކުރައްވާނެކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މަހާތިރު ވިދާޅުވީ، ސަރުކާރުގެ ކޯލިޝަންގެ ބައެއް ފަރާތްތަކަށް މަގާމު ނުދީގެން ހިތްހަމަނުޖެހިފައިވާކަން އެނގިވަޑައިގަންނަވާކަމަށާއި، ނަމަވެސް އެފަރުދުންގެ މަސްލަހަތަށްވުރެ، ގައުމުގެ މަސްލަހަތު ު މުހިންމުކަމެއް ކަމަށެވެ.
އަދި މަހާތިރު ވިދާޅުވީ ތަޖުރިބާއާއި ގާބިލްކަން ހުރި ފަރާތްތައް މެނުވީ ސަރުކާރުގެ މަގާމްތަކަށް އައްޔަންނުކުރާނެ ކަމަށެވެ.
އެބޭފުޅާ އިތުރަށްވަނީ ސަރުކާރުގެ ހިންގުން ހަރުދަނާ ވާނީ، މަގާމުތަކުގައި ތިބެ ނާޖާއިޒު ފައިދާތައް ބޭނުންކުރި ފަރާތްތައް މަގާމުން ވަކިކުރެވިގެންކަމަށްވެސް ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް