ނާޒިމް ރައޔިތުން މަޖިހަށް ކުރިމަތިލައްވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް ވަހީދު އަދި ރައީސް ޔާމިންގެ ސަރުކާރުގައި ވެސް ޑިފެންސް މިނިސްޓަރ ކަން ކުރައްވާފައިވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަންނަ އަހަރު މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި ވާދަ ކުރެއްވުމުގެ ވިސްނުންްފުޅެއް ގެއްނަވާކަން ނާޒިމް ހާމަކުރެއްވީ ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމަގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންތިހާބްގައި ވާދަ ކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް ވާދަކުރައްވަނީ ކޮންދާއިރާ އަކުން ކަމެއް ހާމައެއްނުކުރައްވައެވެ. އަދިކުރިމަތިލާން ނިންމަވާފައިވާ އޮތް ދާއިރާއަށް ވަރަށް އަވަހަށް ދަތުރު ކުރާނަން، ނާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކޮންގޮތެއްތޯ ބަލުން ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމުގައި މުހިންމު ކަމަށެވެ.
"ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ފުރުސަތު ވަރަށް ބޮޑު، އަޅުގަނޑު ހިޔާލު ކުރަން ގަސްތުކޮށްފައި އޮތް ދާއިރާއަށް ވަރަށް އަވަހަށް ދަތުރު ކުރާނަން، އަޅުގަނޑަށް ރައްޔިތުން އެ ފުރުސަތު ދޭން ބޭނުންވާ ދުވަހު އަޅުގަނޑު އެ ދާއިރާއެއް އިއުލާން ކުރައްވާނަން،" ނާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ ސަރުކާރުގެ އެއްވެސް މަގާމެއް ބޭނުންފުޅު ނުވާ ކަމަށާއި ބޭނުންވަނީ ޖުމްހޫރީ ޕާޓީގައި ދެމިހުރުން ކަމަށެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް