ނޯތް ކޮރެއާ ސިފައިން އެމީހުންގެ ޒައީމް އާއެކު... ފޮޓޯ: އޭއެފްޕީ
ނޯތް ކޮރެއާ ސިފައިން އެމީހުންގެ ޒައީމް އާއެކު... ފޮޓޯ: އޭއެފްޕީ
ދުނިޔެ 28 Apr 2025 | 08:59

ޔުކްރެއިނާ ދެކޮޅަށް ރަޝިއާގެ ފައުޖުގައި ބައިވެރިކުރުމަށް އުތުރު ކޮރެއާއިން އަނެއްކާވެސް ސިފައިން ފޮނުވަނީ!

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ރަޝިއާއިން ޔުކްރެއިނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގައި ރަޝިއާގެ ފައުޖުގައި ބައިވެރިކުރުމަށް އަނެއްކާވެސް އުތުރު ކޮރެއާގެ ސިފައިން ފޮނުވުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނެފައިވަނީ، ޔުކްރެއިން ހަނގުރާމައިގައި ރަޝިއާއަށް ވާގިވެރިވުމަށްޓަކައި، އުތުރު ކޮރެއާގެ އަސްކަރިއްޔާގެ ޓީމެއް ރަޝިއާއަށް ފޮނުވުމަށް ޒައީމް ކިމް ޖޮން އަމުރުކުރައްވާފައިވާކަމަށެވެ. ނަމަވެސް މިފަހަރު ފޮނުވާނީ ކިހާ ސިފައިންނެއްކަމެއް އުތުރު ކޮރެއާ އަދި ރަޝިއާއިންވެސް ހާމަކޮށްފައެއް ނުވެއެވެ.

ޔުކްރެއިނާ ރަޝިއާ ކުރަމުންގެންދާ ހަނގުރާމައަށް ދެވަނަ ފަހަރަށް އުތުރު ކޮރެއާ ސިފައިން ފޮނުވުމަށް ނިންމާފައިމިވަނީ ރަޝިއާގެ ޗީފް އޮފް ސްޓާފް ވެލެރީ ގެރާސިމޯވް، އުތުރު ކޮރެއާގެ އަސްކަރިއްޔާ ސިފައިންނަށް އަމާޒުކޮށް ވަރަށްބޮޑަށް ތައުރީފް ކުރައްވާފައިވަނިކޮށެވެ. އުތުރު ކޮރެއާއިން ވަނީ މީގެ ކުރިންވެސް ޔުކްރެއިން ހަނގުރާމައަށް ސިފައިން ފޮނުވާފައެވެ. ބީބީސީން ބުނާގޮތުގައި އުތުރު ކޮރެއާއިން އެފަހަރު ވަނީ ރަޝިއާގެ ފައުޖުގައި ބައިވެރިކުރުމަށް 11،000 ހާހާ ގާތްކުރާ އަދަދަކަށް ސިފައިން ފޮނުވާފައެވެ. އަދި ވޭތުވެދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ތެރެއިން ގިނަ އަދަދެއްގެ ސިފައިން މަރުވެފައިވާކަމަށްވެސް ބުނެއެވެ.

ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަކުރުމަށް އުތުރު ކޮރެއާގެ ސިފައިން ފޮނުވުމަށް ނިންމިއިރު، ރަޝިއާ އާއި އުތުރުކޮރެއާއަކީ ސޯވިއެޓް ޒަމާނުއްސުރެ ވަރަށް ގާތް ދެ ޤައުމެވެ. އެގޮތުން ކޮރެއާ ހަނގުރާމައިގައި ރަޝިއާއިން ވަނީ އެޤައުމަށް ހަތިޔާރާއި ޕައިލެޓުން ފޮނުވާފައެވެ. އުތުރު ކޮރެއާއަށް އެންމެ ފަސޭހައިން އެތެރެވެވޭ ޤައުމުތަކުގެ ލިސްޓްގައި ރަޝިއާ ހިމެނެއެވެ. މީގެ އިތުރުން ރަޝިއާއަކީ މިހާރުވެސް ޗައިނާ ފިޔަވައި ވިޔަފާރިއާއި އެނޫންވެސް ގޮތްގޮތުން އުތުރު ކޮރެއާ އާ އެންމެ ގުޅުންބޮޑު ޤައުމެވެ.

ރަޝިއާ އާއި ޔުކްރެއިން ހަނގުރާމައަކީ މިހާރު ދުނިޔޭގެ އިގްތިސާދަށް މިވަގުތު އޮތް އެންމެބޮޑު ގޮންޖެހުންގެ ގޮތުގައި އިގްތިސާދީ މާހިރުން އެއްބަސްވާ މައްސަލައެވެ. ޔުކްރެއިން ހަނގުރާމައަށް 3 އަހަރުވެފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ލިބުނު ގެއްލުންތައް 3 ޓްރިލިއަން ޑޮލަރަށްވުރެ ބޮޑުކަމަށް ނިމިގެންދިޔަ ވަރލްޑް އިކޮނޮމިކް ފޯރަމްގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ
07 Oct 2026 ދުނިޔެ

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ

ރަޝިއާ ސިފައިން ރޭ ޔޫކުރެއިނުގެ އެކި ސަރަހައްދުތަކަށް 70 މިސައިލާއި ޑްރޯން ބޭނުންކޮށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ ގިނަ އަދަދެއްގެ އިމާރާތްތައް ހަލާކުވެފައިވާ ކަމަށް ޔޫކުރެއިނުގެ ...

ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
05 Oct 2026 ދުނިޔެ

ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ

ރަޝިއާގެ ސައިބީރިއާ ސަރަހައްދުގައި ހުންނަ ސިއްހީ ތަހުލީލީ އިދާރާއެއްގެ ލެބޯޓްރީ ޓެކްނީޝަނަކު، ނުރައްކާތެރި "ޕްލޭގް" ބަލި ފަތުރާ ޖަރާސީމު ހުރި ޓިއުބެއް ތަޅާލި ކަމަށް ބުނާ ހާދިސާއަކަށްފަހު، އޭނާ ކުއްލި ...

ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
19 Sep 2026 ދުނިޔެ

ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި

ރަޝިއާއިން ނޭޓޯ ޤައުމުތަކަށް ޑްރޯން ނުވަތަ މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެ ޔޫރަޕްގެ އިސްވެރިން ރައްޔިތުން އެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕޮލެންޑުގެ ބޮޑުވަޒީރ...

އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް
30 Aug 2026 ދުނިޔެ

އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް

ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ ރިފައިނަރީތައް ހުއްޓުމަކަށް އައިސް އެ ޤައުމުގެ ޕެޓްރޯލް އުފެއްދުން ބޮޑުތަނުން ދަށްވުމާ ގުޅިގެން ވޭތުވެދިޔަ ދެ މަހު އިންޑިއާއިން ގާތްގަނޑަކަށް އެއް މިލިއަން ...

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި
18 Aug 2026 ހަބަރު

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި

ރަޝިއާ ނުވަތަ ރޫސީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ވަފުދެއް މޮސްކޯ އާއި ސެއިނ...