48 މެގަޕިކްސަލްގެ ކެމެރާއާއި އެކު ޒިއާއޯމީގެ އާ ސްމާޓްފޯން އަންނަ އަހަރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
48 މެގަޕިކްސަލްގެ ކެމެރާއަކާއި އެކު ޗައިނާގެ މަޝްހޫރު ފޯނު އުފައްދާ ކުންފުންޏެއްކަމުގައިވާ ޒިއައޯމީން އެކުންފުނީގެ އާ ސްމާޓްފޯން ތައާރަފްކުރުމަށް ތައްޔާރުވެއްޖެއެވެ.
މިކަން އެކުންފުނީގެ ރައީސް ލިން ބިންވެސް ވަނީ އޭނާގެ ވެއިބޯ އެކައުންޓް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. ލިން ބިން ވަނީ އެފޯނުގެ ޓީޒަރ ފޮޓޯއެއްވެސް ޕޯސްޓްކޮށްފައެވެ.
މި ފޯނު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މި ފޯނުގެ ކެމެރާއާއި ޕްރޮސެސަރުގެ ފިޔަވައި ފޯނުގެ ސިފަތަކުގެ މާބޮޑު ތަފްސީލެއް އަދި ހާމަވެފައެއް ނުވެއެވެ. މި ފޯނަކީ ސްނެޕްޑްރެގަން 675 ގެ ޕްރޮަސެސަރެއް ހިމެނޭ ފޯނެކެވެ.
މި އަހަރުގެ ޖުލައިމަހުގެ ތެރޭގައި ސޮނީ ކުންފުނިންވެސްވަނީ 48 މެގަފިކްސަލްގެ ކެމެރާ ސެންސަރެއް ބާޒާރަށް ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް