މާސްއަށް ދިރިއުޅުން ބަދަލުވުމުގެ ފުރުސަތު ބޮޑު: އީލޯން މަސްކް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މާސްއަށް އޭނާގެ ދިރިއުޅުން ބަދަލުކުރުމުގެ 70 އިންސައްތަ ބޮޑުކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އީލޯން މަސްކް ބުނެފިއެވެ.
އެޗްބީއޯގެ ޑޮކިއުމެންޓްރީއެއްގައި ވާހަކަދައްކަމުން އީލޯން ބުނީ ފާއިތުވެދިޔަ އަހަރުތަކުގައި ސައިންސާއި ޓެކްނޮލޮޖީން އިންސާނުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި، މާސް ފަދަ ތަންތަނަށް ދިޔުމަކީ ވުން ގާތްކަމެއް ކަމަށެވެ. އަދި ޚުދު އޭނާވެސް މާސްއަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް އީލޯންވަނީ ބުނެފައެވެ.
ނަމަވެސް މާސްއަށް ގޮސްފިނަމަ ދާނީ އެތަނުގައި ދިރިއުޅެ އާާބާދުވުމަށް ކަމަށާއި، އެއީ ވަންވޭ ޓިކެޓެއްގެ ދަތުރެއްކަމަށް އީލޯންވަނީ ބުނެފައެވެ.
އީލޯންގެ ސްޕޭސް އެކްސް ކުންފުނިން ދަނީ އާންމުން ޖައްވަށް ފޮނުވުމަށްޓަކައި ގިނަ ދިރާސާތައް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް