N/A
N/A
ހަބަރު 17 Dec 2018 | 14:02

ޚާރިޖީ ވަޒީރު ޝާހިދުގެ ވާހަކަފުޅު އިވިފައި ހިތަށްއެރި އެއްޗެއް؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިހާރު ނޫހަށް ދީފައިވާ އިންޓަވިއެއް ކިޔާލުމުން އަޅުގަނޑު ވަރަށް އަޅައިގަންނަ ތަންކޮޅަކާ ދިމާވިއެވެ. ރާއްޖޭގެ ރަޖިސްޓްރީ އޮތީ ޗައިނާގެ އެގްޒިމް ބޭންކުގައި ބާއްވާފައިކަމަށް ޝާހިދު ވިދާޅުވި ވާހަކަފުޅެކެވެ. ރީތި ބަހުން ވިދާޅުވެފައިމިވަނީ ދިވެހި ރާއްޖެ ޗައިނާއަށް ދަރުވާލާފައިވާކަމުގައެވެ. މިއީ ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓްގެ ޑިޕްލޮމެޓިކް ލޭންގުއޭޖް މީގެކުރިން ގެންގުޅުއްވާފައިވާ ގޮތެއްނޫނެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދު ކުރެވުނު ބަހަކަށްވުރެ ޗައިނާއިން ނަގާނީ މިއީ އެގައުމާއިމެދު ދިވެހި ރާއްޖެއިން ގަދަރުކުޑަކޮށްލުންކަމުގައެވެ.

2008 ވަނަ އަހަރު ފެށިގެން ތިން އަހަރުތެރޭގައި ރައީސް ނަޝީދުގެ ރިޔާސަތުގެ ދަށުގައި ދިވެހި ރާއްޖޭގެ ރަޖިސްޓްރީ އޮތީ އިންޑިޔާގެ އެގްޒިމް ބޭންކުގައެވެ. އެއީ ވެސް ފްލެޓްއެޅުމަށް ޓާޓާފަދަ އިންޑިޔާގެ ކުންފުނިތަކަށް ސޮވެރިން ގެރެންޓީ ދިވެހި ސަރުކާރުން ދީގެންނެވެ.

އޭގެ އަގު ދިވެހި ސަރުކާރުން ދައްކަންޖެހުނީ ހީވެސް ނުކުރާފަދަ ބޮޑެތި ގެއްލުންތަކެއް ދިވެހި ދައުލަތަށް ލިބިގެންނެވެ. އިންޑިޔާއިން ރައީސް ނަޝީދުގެ ވެރިކަމުގައި ލޯންދިނީ ދިވެހި ސަރުކާރުން އެދިގެންނެވެ. އިންޑިޔާ ސަރުކާރުން މަޖްބޫރުކޮށްގެންނެއް ނޫނެވެ. ބަޖެޓް ސަޕޯޓްގެ ނަމުގައި އެމްޑީޕީން ނަގާފައި އޮތް ލޯން އަބުރައިދައްކަން ރައީސް ވަހީދުގެ ސަރުކާރަށް އިންޑިޔާއިން ފިއްތައިލީ ހާލުގައި ޖެހިފައިވާ އަވަށްޓެރި ގައުމަކަށް ރަހުމުކުރުމެއްނެތިއެވެ. އެލޯން އަދާކުރާނަމަ ސަރުކާރުން ސިވިލް ސާވެންޓުންނަށް މުސާރަދެވޭފަދަ މާލީ ގާބިލްކަމެއް ނެތްކަން އިންޑިޔާ ސަރުކާރަށް އެގިހުރެއެވެ. ދިވެހި ރާއްޖޭގައި އިންވެސްޓްކުރަން ރައީސް ނަޝީދު ގެންނެވީ އިންޑިޔާގެ ކުންފުނިތަކެވެ.

ރައީސް ވަހީދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެތެރޭގައި އެއްބިލިޔަން ޑޮލަރާއިހަމައަށް ލުއިގޮތެއްގައި ލޯން ފޯރުކޮށްދޭނެކަމަށް ޗައިނާގެ ރައީސް ވައުދުވެވަޑައިގެތެވެ. ވަހީދަށްފަހު ދެން އައި ފަސްއަހަރުތެރޭގައި އެލޯންތައް މިނެންގެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. 1.4 ބިލިޔަން ޑޮލަރުގެ ލޯން ޗައިނާއިން ނަގާފައިވާކަމަށް މާލީ ވަޒީރު ވިދާޅުވެފައިވެއެވެ. އެކަމަކު އެއީ ގައުމު ދަރުވާލުމެއްކަމަށް ވާހަކަދައްކާވަރުގެ އަދަދަކަށް ނުވިއެވެ.

ދިވެހި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާ އާމްދަނީ ލިބެމުންދާ މިންވަރަށްބަލާއިރުއެވެ. ދިވެހި ރާއްޖެއަކީ ދަރައި އިގްތިސާދު އިނދަޖެހިފައިވާ ގައުމެއްކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނުދެކެއެވެ. ލޯން ނަގާފައިވަނީ ބްރިޖް އެޅުމަށާއި އެއަރޕޯޓް ތަރައްގީ ކުރުމަށާއި ދިވެހި ރައްޔިތުން އެކަމަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ގެދޮރު އިމާރާތްކުރުމަށެވެ. އެހެންވީމާ މައްސަލައަކީ ކޮބައިހެއްޔެވެ. ކޮންމެ ސަރުކާރެއް އޮތަސް އެލޯން ނަގާނެއެވެ. ނަޝީދުގެ ސަރުކާރު ނިމުމުން އިންޑިޔާއިން ދިވެހި ރާއްޖެއަށް ލޯން ނުދިނީއެވެ. ލޯން ނުދިނީ ޗައިނާއިން ލޯން ނަގާތީއެވެ. ޗައިނާއާއި އެއްވެސް ގުޅުމެއް އުފައްދަން އިންޑިޔާއިން އިންތިހާއަށް ނުރުހެއެވެ.

އެންމެ ރަނގަޅެވެ. ރާއްޖޭގެ ރަޖިސްޓްރީ މިހާރު އޮތީ ޗައިނާގެ އެގްޒިމް ބޭންކުގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އަނެއްކާ އިންޑިޔާއިން އެއްބިލިޔަން ޑޮލަރުގެ ލޯން ނަގަން ރަޖިސްޓްރީ ބާއްވާނީ ކޮންތާކުތޯއެވެ. އަނެއްކާވެސް އިންޑިޔާގެ އެގްޒިމް ބޭންކުގައެވެ. ލޯން ނަގަނީ ކީއްކުރަންތޯއެވެ. ހަމަ ގެދޮރުއަޅާށެވެ.

ޚާރިޖީވަޒީރުގެ ބަސްމަގު ގެންގުޅުއްވާފައިވަނީ ދިވެހި ޜާއްޖޭގައި ސެންޓަރ ރައިޓް ސިޔާސަތު ހިންގާކަމަށް ވިދާޅުވާ ބޭފުޅުންގެ ބަސްމަގު ހުންނަފަދަ ހަރުކަށިގޮތަކަށެވެ. މިއީ އާއްމުގޮތެއްގައި ގައުމުތަކާއި ގުޅުން ބަދަހި ކުރެއްވުމުގައި އަބްދުﷲ ޝާހިދުގެ ބަސްމަގު މީގެކުރިން ގެންގުޅުއްވާފައިވާ ގޮތާއި ތަފާތު ގޮތެކެވެ.

ޗައިނާއަށް އިނގިލި ދިއްނުކުރިނަމަވެސް އަދި ކުރިނަމަވެސް އެމްޑީޕީގެ ސިޔާސަތު އެގެއެވެ. ރައީސް މުހައްމަދު ނަޝީދު އެސިޔާސަތު ހާމަކުރައްވާފައިވެއެވެ. ދިވެހި ރާއްޖޭގައި އެމްޑީޕީން ގެންގުޅޭނީ އިންޑިޔާގެ މަސްލަހަތު ހިމާޔަތްކުރާ ޚާރިޖީ ސިޔާސަތެއްކަމެވެ. އެހެންވީމާ ރައީސް ސާލިހްގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެތެރޭގައި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށްވުރެ އިންޑިޔާއާހެދި އުޅޭތަން ދަނީ ފެންނަމުންނެވެ.

ވިސާނުދެނީ އިންޑިޔާ މީހުންނަށްތަ ނުވަތަ ދިވެހިންނަށްތަ!

ޚާރިޖީ ވަޒީރު ޝާހިދު ދެން ބާރުއެޅުއްވާފައިވާ ކަމަކީވެސް ވަރަށް ގިނަ ސުވާލުތަކެއް އުފެދޭ ކަމެކެވެ. އިންޑިއާ މީހުންނަށް ގަސްދުގައި ވިސާ ނުދީ، ކުރިން ހިފަހައްޓާފައި އޮތް އޮތުން މިހާރު ވަނީ ދޫކޮށްލައިފަ އިވާކަމަށް ވިދާޅުވެފައިވެއެވެ. އަޅުގަނޑުމެންނަށް އިވިފައިވާ ގޮތުގައި ޖަރުމަނުގެ ޓީވީއަކަށް ދިވެހި ރާއްޖެ ބަދުނާމްކޮށް ޕްރޮގްރާމްތަކެއް ހަދައިދޭން އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ ތައްޔިބު ޝަހީމްއާ ގުޅިގެން އިންޑިޔާބަޔަކު ޓޫރިސްޓް ވިސާއެއްގައި އައިސް ގަވާއިދާޚިލާފަށް މަސައްކަތްކޮށް، މިސްކިތްތަކަށްވަދެ ވީޑިއޯކޮށް، ހިމަންދުއަށްގޮސް އެތާގައި ތިބި ވަކި ބައެއްގެ އިންޓަވިއުތަކެއްނަގައި، ސަލްޓަންޕާކުތެރެއަށް ބަޔަކު ގެންގޮސް އިންޓަވިއުނަގައި މިހެން އުޅެނިކޮށް ފުލުހުން އެމީހުން ހިފަހައްޓައި ބޭރުކޮށްލިއެވެ.

އެއަށްފަހު އެމީހުންނަށް ވިސާ ތާށިކޮށްފައިވެއެވެ. އިންޑިޔާގެ މިބަޔަކު މަސައްކަތްކޮށްފައިވަނީ ދިވެހި ގައުމަށް ގެއްލުންދިނުމަށެވެ. މިކަހަލަ އެހެންބަޔަކުވެސް އުޅެފައިވެއެވެ. އަދި ރާއްޖޭގައި އިންޑިޔާގެ ހެލިކޮޕްޓަރު ދުއްވަން އައިސްތިބި ސިފައިން މުއްދަތު ހަމަވުމުން އެމީހުން އެބުރިދާން ސަރުކާރުން އެދުމުން ގަދަހަދާފައި ނުގޮސްތިބިއިރު ވިސާ އާކޮށްދޭން ލަސްކުރިއެވެ.

އެ އެންމެންނަށް މިހާރު ސަރުކާރުން ވިސާދިނުމަކީ އެއީ ސަރުކާރުންކުރާ މޮޅުކަމެއްކަމަށް ދެކޭނީ އެކަމަށް އޭރުވެސް ތާއީދުކޮށް އުޅުނު މީހުންނެވެ. އިންޑިޔާ މީހުންނަށް ދިވެހި ރާއްޖެއިން ވިސާ ތާށިކުރުމަށްވުރެ އިންޑިޔާ ސަރުކާރުން ދިވެހިންނަށް ވިސާތާށިކޮށް، ކިޔަވަންގޮސްތިބި ދިވެހި އާއިލާތައް އިންޑިޔާއިން ބޭރުކޮށް، ކުރިމަތިކުރި ދަތިތަކާއި ތުރާތައް މާބޮޑެވެ. އެދަތިކަން މިހާރުގެ ސަރުކާރުން ހައްލުކުރުމަކީ ރަނގަޅުކަމެކެވެ.

އަޅުގަޑުމެން އެދެނީ އަޅުގަޑުމެންގެ ޚާރިޖީވަޒީރު ޕާޓީގެ މަގުމަތީ ޕޮލިޓިކްސްއަށްވުރެ ރިވެތި ބަސްމަގާއެކު ޑިޕްލޮމެސީ ކުރިއަށް ނެރުއްވައިގެން ގައުމާއިގެން ކުރިއަށްވަޑައިގަތުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...