މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަން ކުރެއްވުމާއެކު ސްޓޭޓް މިނިސްޓަރުންގެ އަދަދު 46ކަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ދެ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަންގެ މަޤާމަށް، ގަލޮޅު އަލަފަރު ޚަދީޖާ އާދަމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، ގަލޮޅު ޒަމާނީއާކުލަ މުޙައްމަދު ޝާފިޢީއެވެ.
މިއާއެކު އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ އަދަދު 64 އަށް އެރީއެވެ.
ރައީސުލްޖުމްހޫރިއްޔާ މި 2 ބޭފުޅުން މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް