ސަރުކާރު ކުޑަކަކޫ ޖެއްސުމަށް ހުޅުލެއާއި ހުޅުމާލެއަށް ޓެކްސީކުރުން ހުއްޓާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލެއިން ހުޅުމާލެއާއި ހުޅުލެއަށް ޓެކްސީކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި ޓެކްސީތައް ދަތުރުކުރުން ހުއްޓާލާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ޓެކްސީދަތުރުތަކުގެ އަގާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.
ޓެކްސީ ޑްރައިވަރުން ބުނިގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން އަގުތައް ކަނޑައަޅާފައިވާ މިންވަރަކީ ހަގީގަތުގައި ކުޑަ އަދަދެކެވެ. އަދި މިހާރުގެ އަގުން ޓެކްސީ ދަތުރަށްފަހު ޕެޓްރޯލްގެ ހަރަދު ހޯދެނީ ކިރިޔާކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ސިނަމާލެ ބްރިޖް ހުރަސްކޮށް ހުޅުލެއަށް ދަތުރު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސާފައި ވަނީ 35ރ. އެވެ. ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރާ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 40ރ. އެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން ދަނީ ހުޅުމާލެ ކޮޅަކަށް 100 ރުފިޔާ ޗާޖުރަމުންނެވެ.
ހުޅުލެއާއި ހުޅުމާލެއަށް ޓެކްސީ ދަތުރުތައް ހުއްޓާލާފައިވަނީ އެ ދަތުރުތަކުގެ އަގުތައް މުރާޖައާކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް