ޕްރަބޯވޯ ސުބިއަންޓޯ-- ފޮޓޯ: ނިއްކެއި އޭޝިއާ
ޕްރަބޯވޯ ސުބިއަންޓޯ-- ފޮޓޯ: ނިއްކެއި އޭޝިއާ
ދުނިޔެ 15 Feb 2024 | 10:45

އިންޑޮނޭޝިޔާގެ ރިޔާސީ އިންތިޚާބު ޕްރަބޯވޯ ސުބިއަންޓޯ ކާމިޔާބު ކުރައްވައިފި

ދެކުނު އޭޝިއާގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށް ވާ އިންޑޮނޭޝިޔާގެ ރިޔާސީ އިންތިޚާބު، އެގައުމުގެ ކުރީގެ އާމީ ޖެނެރަލް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު ޕްރަބޯވޯ ސުބިއަންޓޯ ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.

އިއްޔެ ކުރިއަށް ދިޔަ މި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުބިއަންޓޯ އިންތިޚާބު ކާމިޔާބު ކުރެއްވާފައިވަނީ 58 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.އޭނަ އާއި ވާދަކުރެއްވި އިންޑޮނޭޝިއާގެ ކުރީގެ ގަވަރުނަރު ބެސްވަޑާންއަށް މިހާތަނަށް ގުނި ވޯޓުން ލިބިފައިވަނީ 22 ޕަސަންޓަށްވުރެ ދަށުންނެވެ. ވަގުތީ ނަތީޖާތައް ދައްކާގޮތުން މި އިންތިހާބުގެ ތިންވަނައިގައި އޮތީ ގަންޖަރު ޕްރަނޯވޯއެވެ.

ރިޔާސީ އިންތިހާބުން ލިބިވަޑައިގެން މި ކާމިޔާބީ އާއި އެކު ސުބިއަންޓޯ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މާޗު މަހު އެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަންދެން ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި އެކު ތިބުމަށް ގޮވާލާފައެވެ. އަދި މި ކާމިޔާބަކީ އިންޑޮނޭޝިޔާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމަށް ވެސް ސުބިއަންޓޯ ވިދާޅުވިއެވެ.

ނަތީޖާއާ ގުޅިގެން ސުބިއަންޓޯ އާއި އެކު އިންތިހާބުގައި ވާދަކުރެއްވި ބެސްވަޑާން ވަނީ ވޯޓު އެއްކޮށް ގުނާ އަދި ނުނިމޭ ކަމަށާއި، ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގައި ބޭއްވި މި އިންތިހާބަކީ އިންޑޮނޭޝިއާގެ އަސްކަރީ ހުދުމުހުތާރު ވެރިކަމުން އިންޑޮނޭޝިއާ ނިކުތް ފަހުން އެގައުމުގައި ބޭއްވުނު ހަވަނަ އިންތިހާބެވެ.

ދުނިޔޭގެ ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު އަދި ދުނިޔޭގެ އެންމެ ގިނަ މުސްލިމް އާބާދީ ދިރިއުޅެމުންދާ އިންޑޮނޭޝިއާ ގައި ބޭއްވުނު މި އިންތިހާބަކީ އެންމެ ދުވަހެއް ތެރޭގައި ދުނިޔޭގައި ބޭއްވުނު އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 200 މިލިއަނަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާއިރު، ގާތްގަޑަކަށް 85 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ އަދަދަކަށް ވޯޓު މިހާރު ވަނީ ގުނާ ނިމިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.