ނޭޕާލް އަންހެން މީހާއަށް ހަމަލާދިނީ ބަންގްލަދޭޝްގެ ޖަހަންގިރު، ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލޭ ފޭސް އެކެއްގައި ޒުވާން އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހަމަލާދީފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ އަންހެނަކަށް ކަމަށެވެ. އުމުރުން 21 އަހަރުގެ އެ މީހާއަށް ހަމަލާދިނީ ފިހާރައަށް ފޭރެން ވަތް މީހެއް ކަމަށް ވެ އެވެ.
އެ މީހާ ހަމަލާދީފައިވަނީ އޭނާގެ ކަރަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ބަންގްލަދޭޝްއަށް ނިސްބަތްވާ ޖަހަންގިރު މިއާ (25އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ސީސީޓީވީ ވީޑިއޯއާ އެ ނޫން މައުލޫމާތުތަކުގެ އަލީގަ އެވެ.
އެ މީހާ ހައްޔަރު ކޮށްފައިވަނީ ފޭސް ދެއަކުންނެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓެއް ލިބުނީ މިއަދުގެ މެންދުރު 12:45 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް